ނޫސްވެރިޔާގެ ގޭންދުގެ ޝަރުތު އުވާލުމަށް އެމްޖޭއޭއިން ގޮވާލައިފި

ނޫސްވެރިޔާގެ ގޭންދުގެ ޝަރުތު އުވާލުމަށް އެމްޖޭއޭއިން ގޮވާލައިފި

އިދިކޮޅު ޕާޓީން މާލޭގެ މަގުތަކުގައި ސިލްސިލާ ގޮތެއްގައިި ހިންގަމުންދާ މިޒާހިރާތައް ކަވަރު ކުރުމުގެ ތެރޭން ޗެނަލް13ގެ ސީއޯއޯ މުހައްމަދު ސަމާހު ހައްޔަރުކޮށް ކޮންމެ ދުވަހަކުވެސް 12 ގަޑިއިރަށް ގޭބަންދު ވާގޮތަށް ޝަރުތުކޮށްފައިވުން އެމްޖޭއޭއިން ކުއްވެރި ކޮށްފިއެވެ.

އެމްޖޭއޭއިން ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވެފައިވަނީ، އޭނާ ހައްޔަރު ކޮށްފައިވަނީ ފާސް އަޅައިގެން އުޅެނިކޮށް ކަމަށާއި، އަދި އޭނާ މުޒާހިރާކުރާ ސަރަހައްދަށް ގޮސްފައިވަނީ ޗެނަލް13ގެ ލައިވްއަށް މައްސަލައެއް ޖެހިގެން އެކަން ހައްލުކުރުމަށް ކަމަށް ސަމާހު އެމްޖޭއޭއަށް މައުލޫމާތު ދީފައިވާކަމުގައެވެ. އެހެންނަަމަވެސް އޭނާ މުޒާހިރާއަށް މީހުން އެއްކުރުމަށާއި އަދި އާންމު ދަތުރުފަތުރަށް ހުރަސް އަޅާފައިވާކަމަށް ފުލުހުން އޭނާގެ މައްޗަށް ތުހުމަތު ކޮށްފައިވާކަމަށްވެސް އެމްޖޭއޭގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

އެމްޖޭއޭއިން ނެރެނު ބަޔާނުގައި އިތުރަށް ވިދާޅުވެފައިވަނީ އޭނާ ބަންދުން ދޫކޮށްލިއިރު ކޮންމެ ދުވަހަކުވެ ރޭގަޑު 6 އިން ހެނދުނު 6 އަށް ގެއިން ބޭރަށް ނުނިކުތުމަށް ޝަރުތު ކޮށްފައިވުމުގެ ސަބަބުން އޭނާގެ ނޫސްވެރިކަމުގެ ހައްގަށް ހުރަސް އެޅިފައިވާ ކަމަށެވެ.

އަދި ޗެނަލް13ގެ ސީއޯއޯގެ މަސްއޫލިއްޔަތު އަދާކުރުމަށް ރޭގަޑު ވަޒީފާއަށް ނުކުތުމަށް އޭނާ ޕޮލިހުގައި އެދުމުން އޭނާއަށް އެފުރުސަތު ދީފައި ނުވާކަމަށް އޭނާ އެ ޖަމިއްޔާއަށް މައުލޫމާތު ދީފައިވާކަމަށްވެސް އެމްޖޭއޭގެ ބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ.

އެގޮތުން ނޫސްވެރިޔާގެ ނޫސްވެރިކަމުގެ މަސްއޫލިއްޔަތަށް ހުރަސް އެޅޭގޮތަށް އޮތް މި ބަންދުން ވީހާވެސް އަވަހަކަށް އޭނާ މިނިވަންކުރުމަށް އެމްޖޭއޭއިން ގޮވާލާފައި ވެއެވެ.

އަދި އޭގެ އިތުރުން މާލޭގެ މަގުތަކުގައި ސިލްސިލާކޮށް ކުރިޔަށްދާ އެއްވުންތައް ކަވަރުކުރާ ޗެނަލް13ގެ ނޫސްވެރިންނާމެދު ތަފާތުކޮށް ފުލުހުން އަމަލު ކުރަމުން ދާކަމަށާއި، އަދި އެއީ ނޫސްވެރިންކަމަށް ފުލުހު ނުދެކޭކަމަގެ ޝަކުވާވެސް އެ ޖަމިއްޔާއަށް ލިބެމުންދާކަމަށް ވިދާޅުވަމުން ޗެނަލް13ގެ ނޫސްވެރިންނާމެދުވެސް ހަމަހަމަ ކަމާއެކު އަމަލު ކުރަމުން ދިއުމަށްވެސް އެމްޖޭއޭއިން ފުލުހުންނަށް ގޮވާލާފައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

Leave a Reply

Your email address will not be published. Required fields are marked *