ރަށްރަށުގައި ފަތުރުވެރިން ނިވާކަން ކުޑަ ހެދުމުގައި އުޅޭތީ ޑރ.ޢަލީ ޒާހިރުގެ ކަންބޮޑުވުން

ރަށްރަށުގައި ފަތުރުވެރިން ނިވާކަން ކުޑަ ހެދުމުގައި އުޅޭތީ ޑރ.ޢަލީ ޒާހިރުގެ ކަންބޮޑުވުން

Author
ޢަލީ އާދަމް
17 ޖެނުއަރީ 2023 10:01
0

ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގެ ޢާންމު ތަންތަނުގައި ނުވާކަންކުޑަ ހެދުމުގައި ފަތުރުވެރިން އުޅޭ މައްސަލާގައި މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ.ޢަލީ ޒާހިރު ބިން ސައީދު ގާސިމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ޑރ.ޢަލީ ޒާހިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މީހުން ދިރިއުޅޭ ބައެއް ރަށްރަށުގައި ޓޫރިސްޓުން ނިވައި ކަމެއްނެތި އުޅުން އާންމުވެއްޖެކަމަށެވެ. އިޝްތިހާރު ކޮށްގެން މަސާޖުޕާލާ ތަކުގެ ނަމުގައި ވިޔާނުދާ އަމަލުތައް ހިންގުންވެސް ޢާއްމު ވެއްޖެކަމަށާ، މިކަންކަމަށް ފިޔަވަޅު އަޅާނެމުއައްސަސާއެއް، ޒިންމާވާނެފަރާތެއް މިއަދު ފެންނާކަށްނެތްކަމަށް ޑރ.ޢަލީ ޒާހިރު ވިދާޅުވެފައިވެއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ވަރަށްގިނަ ރަށްރަށުގައި މިހާރު ލޯކަލް ޓޫރިޒަމް އަންނަނީ ފުޅާވެ ހިނގަމުންނެވެ. އެއާއެކު ކަމާބެހޭ ފަރާތްތަކުން ކަނޑައަޅާފައިވާ އުސޫލުތަކާއި ހަމަތަކަށް ޢަމަލުނުކުރެވި ބައެއްކަންކަން ހައްދުން ނައްޓާފައިވާކަން ގިނަބަޔަކު ފާހަގަކުރެއެވެ. އޭގެތެރޭގައި ރަނގަޅަށް އޮރިޔާން ނިވާނުވާވަރުގެ ހެދުމުގައި ފަތުރުވެރިން ރަށްރަށުގެ ޢާންމު ރަންތަނުގައި އަނބިދަރިންނާއި ކުޑަދިންނާއި މައިންބަފައިން ކުރިމަތީގައި އުޅޭ މައްސަލަ ފާހަގަކޮށްލެވެއެވެ. އަދި ފުޅާދާއިރާއެއްގައި ބަނގުރާ ޢާންމުވެ ފާޙިޝު އެތައްކަމެއް ބައެއް ރަށްރަށުގައި ވަނީ ޢާންމު ވެފައެވެ.

މިފަދަ މައްސަލަތައް އެންމެ ބޮޑުވެފައިވަނީ ލޯކަލް ޓޫރިޒަމް އެންމެ ފުޅާވެފައިވާ ރަށްރަށުގައިކަން ގިނަބަޔަކު ފާހަގަކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މިކަމުގަޒިންމާވާންޖެހޭނީކޮބަޔަކުބާ؟ދޮންމީހުންނާނސީޔަރަންބިހެއްވެސްނުލިބޭނެ؟