ދިވެޖިރާއްޖެއަށް މިވަންކަން ލިބިފައިވަނީ އިންޑިއާގެ ކުރީގެ ބޮޑުވަޒީރު ނެހެރޫގެ ވަރަށް ބޮޑު އެހީތެރިކަމެއް އޮވެގެން ކަމުގައި އެމްޑީޕީގެ ރައީސް މުހައްމަދި ނަޝީދު ވިދާޅުވެއްޖެއެވެ.
ނެހެރޫއަކީ 1930 އިން 1940 އަށް އިންޑިއާގައި އޮތް ނޭޝަނަލިސްޓް މޫވްމަންޓުގެ ލީޑަރެވެ. އަދި އިންޑިއާއަށް 1947ގައި މިނިވަންކަން ލިބުމަށްފަހު ނެހެރޫވަނީ 16 އަހަރުވަންދެއް އެގައުމުގެ ބޮޑުވަޒީރުކަން ކުރައްވާފައެވެ.
މިހާރު ކުރިޔަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އަމިއްލަފުޅު ކެޕްމޭން ހަރަކާތްތަކާއި ގުޅޭގޮތުން މިއަދު ނޫސްވެރިންނާއި ބައްދަލުކޮށް ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ދިވެހިރައްޖެ މިނިވަން ގައުމެއްގެ ގޮތުގައި 47 ވަނަ އަހަރުވެސް 65 ވަނަ އަހަރުވެސް އޮތީ ހަގީގަތުގައި ވަރަށްބޮޑަށް، އިންޑިއާގެ ކުރީގެ ބޮޑުވަޒީރު ނެހެރޫގެ ބައިވެރިވުން އޭގެތެރޭގައި ހިމެނިގެން ކަމަށެވެ. އަދި ނަޝީދު ވިދާޅުވީ 1947 ގައި އިނގިރޭސިންގެ އަތްދަށުން އޭރު ސަލާމަތްވާން އުޅުނުނަމަ އަމިއްލަ ގައުމެއްގެ ގޮތަގައ ރާއްޖެ އޭރު ނެތުމަކީ އެކަށީގެންވާ ކަމެއް ކަމުގައެވެ.
މިގޮތުން ނަޝީދު ވިދާޅުވީ 1947 ގައި ރާއްޖެ މިނިވަންވާން ވިސްނުމުން އިންޑިއާގެ ވެރިން ރާއްޖޭގެ އޭރުގެ ވެރިންނަށް ވިސްނައި ދީފައިވަނީ ރާއްޖެއަކީ މުސްތަގިއްލު ގައުމެއްގެ ގޮތުގައި އޮންނަން އިންޑިއާ ބޭނުންވާކަމަށް ކަމަށާއި، އެހެންކަމުން ސްރީ ލަންކާއާއި އިންޑިއާ މިނިވަންވެ ނިމެންދެން ރާއްޖެއިން މިނިވަންކަން އިއުލާން ނުކޮށް މަޑުކޮށްލުމަށް ކަމުގައެވެ.
އަޅުގަޑަށް މައުލޫމާތު ލިބިފަ އޮތް ގޮތުގައި އިންޑިއާވެރިން ދިވެހި ވެރިންނަށް އެތައް ނަސޭހަތެއް ލާދީ ދިވެހިރާއްޖެއަކީ އިންޑިއާ ގަބޫލުކުރާ ގޮތުގައި ވަކިން އޮންނަ ވަކި ގައުމެއްގެ ގޮތުގައި އޮންނަ ތަނެއްގެ ގޮތުގައާއި އަދި އޮންނަޖެހޭ ތަނެއްގެ ގޮތުގައި ފާހަގަވެގެން އަޅުގަޑުމެން މަޑު ޖައްސާލީ 47ގަ މިނިވަކަމަށް މިސްރާބު ނުޖަހަން. އޭގެ ބޭނުމަކީ އިންޑިއާއާ ސިލޯނަށް މިނިވަންކަން އެމީހުންނަށް ސެޓްލްވީމަ ދެން އަޅުގަޑުމެންގެ ގައުމުގެ މިނިވަންކަމަށް އަޅުގަޑުމެން ދިއުން.
ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ރާއްޖެ މިނިވަން ގައުމެއްގެ ގޮތުގައި އޮތީ އިންޑިއާގެ އޭރުގެ ބޮޑުވަޒީރު ނެހެރޫގެ ބައިވެރިވުން އޭގެ ތެރޭގައި ވަރަށް ބޮޑަށް ހިމެނިގެން ކަމުގައެވެ. އަދި ނަޝީދު ވިދާޅުވީ އިނގިރޭސިންގެ އަތްދަށުން އޭރު ސަލާމަތްވާން އުޅުނުނަމަ ރާއްޖެ އަމިއްލަ ގައުމެއްގެ ގޮތުގައި އޭރު ނެތުން އެއީ ވަރަށްބޮޑަށް އެކަށީގެންވާ ކަމެއް ކަމުގައެވެ.
މިދިވެހިރާއްޖެ މިނިވަން ގައުމެއްގެ ގޮތުގައި 47 ވަނަ އަހަރު 65 ވަނަ އަހަރުވެސް އޮތީ ހަގީގަތުގައި ވަރަށްބޮޑަށް ނެހެރޫގެ ބައިވެރިވުން އޭގެތެރޭގައި ހިމެނިގެން. 47 ގައި އަޅުގަޑުމެން މިނިވަން.. އެއީ ސްރީލަންކާ އާއި އިންޑިއާއާއި މިނިވަންވެގެން އައިއިރުގަ އަޅުގަޑުމެންގެ މިނިވަން.. އިނގިރޭސިންގެ އަތްދަށުން އަޅުގަޑުމެން އެއިރު ސަލާމަތްވާން އުޅުނުނަމަ އަޅުގަޑުމެންނަށް އަމިއްލަ ގައުމެއްގެ ގޮތުގަ އެއިރުގަ ނެތުން އެއީ ވަރަށް ގާތްކޮށް އޮތްކަމެއް.
ރާއްޖެއަށް މިނިވަންކަން ހޯދާ ދިނުމުގައި އިންޑިއާއިން މުހިންމު ރޯލެއް އަދާ ކޮށްދީފައިވާކަމަށް ވިދާޅުވަމުން ނަޝީދު ވިދާޅުވިއެވެ.
މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި، ސަރުކާރުން އިންޑިއާއަށް ބަރޯސާވެފަ އޮންނަ އޮތުމާއި ގުޅޭގޮތުން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ އިންޑިއާކަނޑުގެ ސުލްހައާއި ހަމަޖެހުމަށް ރާއްޖެއިން ވަރަށް ބޮޑަށް ވިސްނާން ޖެހޭނަކަމުގައެވެ.
އަޅުގަޑުމެންނަށް ޖޯގްރަފީއެއް ދުލެއް ނުކޮށްލެވޭނެ. އިންޑިއާއަކީ އަޅުގަޑުމެންގެ ޖެހިގެން އޮތް އަވައްޓެރި ގައުމު. ޒަމާނުއްސުރެ ފަށައިގެން އަޅުގަޑުމެންގެ ކަންކަން ކުރަމުން އަންނަނީ އިންޑިއާއާ ގުޅިގެން. އަޅުގަޑުމެންގެ ތަރައްގީއަށްވެސް އިންޑިއާއިން އަބަދުވެސް ވެދޭ އެހީތެރިކަން އެހާމެ ބޮޑު.
ނަޝީދު ވިދާޅުވީ ދެކުނު އޭޝިއާގެ ގައުމުތަކަކީ ދިވެހިރާއްޖެއާއި ވަރަށް ގާތް ގުޅުންތައް ދަމަހައްޓާ ގައުމުތައް ކަމަށާއި އެގުޅުންތައް ދޫކޮށްލައިގެން ނުވާނެކަމަށެވެ.
ނަޝީދު އިތުރަށް ވިދާޅުވީ އިންޑިއާއާ ދެކޮޅަށް ހިންގާ ކަންކަމަކީ ވަރަށް ހުތުރު ކަންކަން ކަމަށެވެ. އަދި ވިދާޅުވީ ޕީޕީއެމްއާއި އެމަނިކްފާނާ ދެމެދު އޮތް ހަމައެކަނި މައްސަލައަކީ އިންޑިއާގެ މައްސަލަ ކަމުގައެވެ.
2 Responses
މީ ކެމްޕޭނަށް އިންޑިއާއިން ލާރިހޯދަން މިކަލޭގެދައްކާ ވާހަކައަށް ވެދާނެ. ރާއްޖޭގެ އިޖްތިމާއީ ފޭރާން ވީދާލިގޮތަށް މިހާރު ދިމާކޮއްފަ މިހުރީ ތާރީޚު ވެސް އޮޅުވާލަން. ސަމާލު ވޭ!
ހުސް ދޮގު…..ތާރީޚު ބުނަނީ ތިގޮތަކަށް ނޫން…