ރެނޭސްއިން ވަރުގަދަ ޕީއެސްޖީ ބަލިކޮށްފި

ރެނޭސްއިން ވަރުގަދަ ޕީއެސްޖީ ބަލިކޮށްފި

ރެނޭސްއިން ފްރެންޗް ލީގުގެ ޗެމްޕިއަން ޕީއެސްޖީ ބަލިކޮށްފިއެވެ.

އަމިއްލަ ދަނޑުގައި ކުޅެ ރެެނޭސްއިން ޕީއެސްޖީ ބަލިކުރީ 1-0 ން ކުރި ހޯދައިގެންނެވެ. ޕީއެސްޖީ ބަލިކުރަން ހަމައެކަނި ލަނޑު 65 ވަނަ މިނެޓުގައި ޖެހީ ކެޕްޓަން ހަމާރީ ޓްރައޯރޭއެވެ. ދެވަނަ ހާފްގައި ކުޅެން ނުކުމެ ނަތީޖާ ހަމަހަމަކުރަން އެމްބާއްޕޭއަށް ލިބުނު ފުރުޞަތުގެ ބޭނުމެއް ނުކުރެވުނެވެ. މެސީއާއި ނޭމާ މުޅި މެޗު ފުރިހަމަ ކުރިއެވެ. މެޗުގެ ފުރަތަމަ އެގާރައިން ފުރުޞަތު ދިން ޕީއެސްޖީގެ ވަރެން އެމެރީ ވެފައިވަނީ ފްރެންޗް ލީގު މެޗެއްގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު ޕީއެސްޖީގެ އެންމެ ހަގު ކުޅުންތެރިޔާއަށެވެ, ރޭގެ މެޗަށް ނުކުތްއިރު އޭނާގެ އުމުރަކީ 16 އަހަރާއި 313 ދުވަހެވެ.

މެޗު ޕީއެސްޖީން ފެށީ އެމްބާޕޭ ބެންޗުގައި ބައިންދައިގެންނެވެ. މިދިޔަ ވޯލްޑް ކަޕުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތީ ދެ ވަނަ ހާފުގައެވެ. އެކަމަކު ރޭނިސްގެ ގޯލް ފޫއަޅުވައިލުމުގައި އޭނާ އަށް ކާމިޔާބެއް ނުހޯދުނެވެ. ވާރޭ ތެރޭގައި ކުޅެމުން ދިޔަ މެޗުގައި މެސީ ވަނީ އެމްބާޕޭ އަށް ރަނގަޅު ބޯޅައެއް ނަގައި ދީފައެވެ. އެކަމަކު އެ ފުރުސަތެއް އެމްބާޕޭ އަށް ބޭނުމެއް ނުކުރެވުނެވެ.

މިމެޗުން މޮޅުނުވެވުމުން ޕީއެސްޖީއަށް ވަނީ އެއްވަނާގައި ލީޑް ހަ ޕޮއިންޓަށް ފުޅާކުރަން ލިބުނު ފުރުޞަތު ގެއްލި ތިންޕޮއިންޓަށް ލީޑް ހަނިވެފައެވެ. އެއްވަނާގައި ޕީއެސްޖީ އޮތީ 19 މެޗުން 47 ޕޮއިންޓާއެކުއެވެ. ދެވަނާގައި އޮތީ 44 ޕޮއިންޓާއެކު ލެންސްއެވެ. 42 ޕޮއިންޓާއެކު ތިންވަނާގައި އޮތީ މާސޭއެވެ. މޮނާކޯ ހަތަރު ވަނާގައި އޮތީ 37 ޕޮއިންޓާއެކުއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *