ބްރައިޓަން އަތުން ބަލިވެ ލިވަޕޫލަށް ޕްރެޝަރަށް

ބްރައިޓަން އަތުން ބަލިވެ ލިވަޕޫލަށް ޕްރެޝަރަށް

ބޮޑު ތަފާތަކުން ލިވަޕޫލް ބަލިކޮށް, އިނގިރޭސި ޕްރިމިއާ ލީގު ތާވަލްގައި ލިވަޕޫލަށް ވުރެ ކުރިއަށް ބްރައިޓަން ޖެހިލައިފިއެވެ.

ބްރައިޓަންގެ ދަނޑުގައި އެޓީމުން ލިވަޕޫލް ބަލިކުރީ 3-0 އިންނެވެ. މިމޮޅާއެކު ބްރައިޓަން ވަނީ 18 މެޗުން 30 ޕޮއިންޓާއެކު ތާވަލްގެ ހަތްވަނައަށް ޖެހިލާފައެވެ. ލިވަޕޫލް އޮތީ 28 ޕޮއިންޓާއެކު އަށްވަނާގައެވެ.

މެޗުން ބްރައިޓަން މޮޅުވީ ދެވަނަ ހާފްގައި ޖެހި ތިން ލަނޑުންނެވެ. ފުރަތަމަ ލަނޑު ދެވަނަ ހާފް ފަށައިގެން ފުރަތަމަ މިނިޓްގައި ޖެހީ ސޮލީ މާޗްއެވެ. ދެވަނަ ލަނޑު އޭނާ ޖެހީ 53 ވަނަ މިނިޓްގައެވެ. ތިންވަނަ ލަނޑު ޖެހީ 81 ވަނަ މިނިޓްގައި ވެލްބެކްއެވެ. ވެލްބެކް ކުޅެން ނުކުތީ ދެވަނަ ހާފްގައި 66 ވަނަ މިނިޓްގައެވެ.

ވެލްބެކް ލަނޑުޖަހަން ފުރުސަތު ފަހިކޮށްދިނީވެސް މާޗްއެވެ. މެޗުގެ ފުރަތަމަ ހާފްގައިވެސް ޑޮމިނޭޓްކޮށް ކުޅުނީ ރޮބާޓޯ ޑި ޒާބީގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ބްރައިޓަންއެވެ. މެޗުން ބަލިވުމުން ލިވަޕޫލާ ގަދަ ހަތަރަކާ ދެމެދު ހަތް ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.

ރޭގެ މޮޅާ އެކު ބްރައިޓަން ވަނީ ލީގުގެ ހަތް ވަނަ އަށް ޖެހިލައިފައެވެ. ބްރެންޓްފޯޑް އަށް ވަނަ އަށް އެރިއިރު، ލިވަޕޫލް އޮތީ ނުވަ ވަނައިގައެވެ. ބްރައިޓަން އަށް 18 މެޗުން 30 ޕޮއިންޓް ލިބިފައިވާއިރު، ބްރެންޓްފޯޑަށް 19 މެޗުން ވަނީ 29 ޕޮއިންޓް ލިބިފައެވެ. އަދި ލިވަޕޫލަށް 18 މެޗުން ވަނީ 28 ޕޮއިންޓް ލިބިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *