އެމްޑީޕީ ޕްރައިމަރީން ފެންނަނީ ހަދާފައިވާ ގޯސްތަކާއި ކޮރަޕްޝަން: އާދަމް ޝަރީފް

އެމްޑީޕީ ޕްރައިމަރީން ފެންނަނީ ހަދާފައިވާ ގޯސްތަކާއި ކޮރަޕްޝަން: އާދަމް ޝަރީފް

Author
މުޙައްމަދު ޖިމީ
14 ޖެނުއަރީ 2023 02:14
0

އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕެއިން ތެރެއިން ހާމަވަނީ އެޕާޓިއަށް ލިބުނު ދެ ވެރިކަމުގައިވެސް ހަދާފައިވާ ގޯސްތައްކަމަށް ޕީއެންސީގެ ނާއިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް ވިދާޅުވީ އެމްޑީޕީ ޕްރައިމަރީން ފެންނަ މަންޒަރުތަކާއި އަޑުތަކުން ހާމަވަނީ ދެފަހަރުމަތިން އެމްޑީޕީ ވެރިކަމުގައި ހަދާފައިވާ ގޮސްތަކާއި ހިންގާފައިވާ ކޮރަޕްޝަންކަމަށެވެ. އެ ވާހަކަތަ ކިޔައިދެނީ 2 ރައީސުންކަމަށާއި، ރިޔާސީ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދޭންޖެހޭ އެކަށޭނަ ސަބަބެއް ނެތްކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.

ޤައުމު ސަލާމަތް ކުރުމަށް އޮތީ ޕީޕީއެމް.

– އާދަމް ޝަރީފް

އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙައި ރައީސް މުޙައްމަދު ނަޝީދު ގެންދަވަނީ ވާދަވެރި ކެމްޕެއިނެއް ކުރައްވަމުންނެވެ. ޚާއްޞަ ދެބޭފުޅުންވެސް ގެންދަވަނީ ފާޑު ވިދާޅުވަމުންނެވެ.

ރައީސް ޞާލިޙް މިހާރު އައްޑޫއަށް ކުރައްވާ ދަތުރުފުޅުގައި ވަނީ ރައީސް ނަޝީދުގެ ސަރުކާރުގައި ހިންގި ބައެއް ކަންކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.