ނެދަލޭންޑްސްގެ ގައުމީ ޓީމުގެ މިޑްފީލްޑަރު ޑޭލީ ބްލިންޑް ހިލޭ ޓްރާސްފާއެއްގައި ޖަރުމަންގެ ބަޔާން މިއުނިކަށް ބަދަލުވެއްޖެއެވެ.
އުމުރުން 32 އަހަރުގެ ބްލިންޑް އެންމެ ފަހުން ކުޅުނީ އަޔެކްސް އަށެވެ. ނަމަވެސް މިދިޔަ ޑިސެމްބަރު އެ ކުލަބުން ވަނީ އޭނާއާއެކު ހަދާފައިވާ އެއްބަސްވުން އުވާލައިފައެވެ. ނެދަލޭންޑްސްގެ އަޔަކަސްއާ އެކު ހަދާފައިވާ ކޮންޓުރެކްޓްގައި ބާކީ ހަ މަަސް ދުވަސް އޮއްވައި، އެ ކްލަބާއި ބްލިންޑް އެއްބަސްވެގެން ކޮންޓުރެކްޓް ބާތިލްކުރީ މިދިޔަ މަހެވެ. އެހެންކަމުން، ބްލިންޑް ބަޔާނަށް ބަދަލުވީ ހިލޭ ޓްރާންސްފާއެއްގައެވެ.
މެންޗެސްޓާ ޔުނައިޓަޑަށް ވެސް ކުރިން ކުޅުނު ބްލިންޑް، ބަޔާންއާ ގުޅުނީ މި ސީޒަންގެ ނިޔަލަށެވެ. އެކަަމަކު, ކޮންޓުރެކްޓް އިތުރުކުރުމުގެ ފުރުސަތު އެބައޮތެވެ.
ބްލިންޑް އޭނާގެ ސީނިއާ ކެރިއަރު ފެށީ ވެސް އަޔެކްސް އިންނެވެ. އޭގެ ފަހުން އޭނާ ވަނީ މެންޗެސްޓަރ ޔުނައިޓެޑަށް ވެސް ކުޅެފަ އެވެ. ދެ ވަނަ ފަހަރަށް ބްލިންޑް އަޔެކްސް އަށް ބަދަލުވީ 2018 ވަނަ އަހަރު އެވެ. ދެ ވަނަ ފަހަރަށް އަޔެކްސް އަށް ބަދަލުވެ އޭނާ ވަނީ އެ ކުލަބަށް ކުޅެދިން، 190 މެޗުން 10 ލަނޑު ޖަހައިފަ އެވެ. މިދިޔަ އަހަރު ޤަތަރުގައި ނިމުނު ފީފާ ވޯލްޑް ކަޕް މުބާރާތުގައި ނެދަލެންޑްސްއާއެކު އޭނާ ވަނީ ކުޅެފައެވެ. އޭނާ ވަނީ މުބާރާތުގެ ގަދަ 16 ގެ މެޗުގައި އެމެރިކާ ކޮޅަށް ލަނޑު ވެސް ޖަހައިފައެވެ.
Great to have you on board, @BlindDaley! 🔴⚪️ #MiaSanMia #ServusDaley pic.twitter.com/E2ULSvS4ij
— FC Bayern Munich (@FCBayernEN) January 5, 2023
ހިތުގެ މައްސަލައަކާ ގުޅިގެން، ހާއްސަ އާލާތަކާ އެކު ކުޅެމުންދާ ބްލިންޑް ބަޔާނަށް ސޮއިކުރީ އިއްޔެ މެޑިކަލް ޓެސްޓްތައް ހެދުމަށް ފަހުއެވެ.