ސްޓެލްކޯއިން މާދަމާ މާލޭގައި ކަރަންޓުގެ ވިއުގަ އަޕްގްރޭޓް ކުރުމުގެ މަސައްކަތްތަކެއް ކުރާތީ މައްޗަންގޯޅީގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއްކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނެފައިވަނީ އެކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމަށް ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި މާދަމާ ހެނދުނު 08:00 އިން 11:00 އަށް މައްޗަންގޮޅީގެ އަމީނީމަގާއި، ބުރުޒުމަގު އަދި އާމިނަ ރަނި ހިނގުމާއި، ރަށްދެބައި ހިނގުމުގެ އިތުރުން ލޮނުޒިޔާރަތް މަގާއި، ސިއްތި މާވާ ހިނގުމުން ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
މިކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމަށް ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި 07/01/2023 ވާ ހޮނިހިރު، (މާދަމާ) ހެނދުނު 08:00 އިން 11:00 އަށް މައްޗަންގޮޅީގެ އަމީނީމަގާއި، ބުރުޒުމަގު އަދި އާމިނަ ރަނި ހިނގުމާއި، ރަށްދެބައި ހިނގުމުގެ އިތުރުން، pic.twitter.com/hVWBbSsfg2
— STELCO (@STELCOMALDIVES) January 6, 2023
މީގެ އިތުރުން ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމަށް ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި މާދަމާ މެންދުރު 14:00 އިން 16:00 އަށް މައްޗަންގޮޅީގެ އިސްކަންދަރުމަގާއި، ބަޑިފަސްގަނޑުދޮށުމަގު ހިމެނޭ ސަރަހައްދުންވެސް ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއްކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
މިކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމަށް ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި 07/01/2023 ވާ ހޮނިހިރު، (މާދަމާ) މެންދުރު 14:00 އިން 16:00 އަށް މައްޗަންގޮޅީގެ އިސްކަންދަރުމަގާއި، ބަޑިފަސްގަނޑުދޮށުމަގު ހިމެނޭ ސަރަހައްދުން pic.twitter.com/6ugqZEI8Ab
— STELCO (@STELCOMALDIVES) January 6, 2023
ކަރަންޓް ވިއުގަ އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި މާލޭގެ އެކި ސަރަޙައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުން އެކަށީގެންވާކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ.
ކޮމެންޓު ފޮނުވާ