ބޮލީވުޑްގައި މިހާރު އާތަރިން އަންނަނީ އެމީހުންގެ ކެރިއަރު ކުރިއެރުވުމުގެ އިތުރުން އަމިއްލަ ދިރިއުޅުން ވެސް ބާއްޖަވެރި ކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ދިރިއުޅުމުގައި ގިން ފޭސްލާތަކެއް ކޮށް އާބަޔަކު ދިރިއުޅުމުގައި ހިއްސާ ކުރަމުންނެވެ.
މިހާރު އެންމެ ގަދަ އަށް ބޮލީވުޑްގައި ހިންގަމުން އަންނަ އެއް ހަބަރަކީ ބޮލީވުޑްގެ އައު ޖޯޑުގެ ވާހަކައެއްވެ. އެއީ ނޯރާ ފަތޭހީ އާއި ބޮލީވުޑްގެ ކިންގް ހާން ޝާހުރުހް ހާންގެ ދޮށީ ދަރިފުޅު އާރްޔާން ހާން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ހަބަރެވެ. އަދި އެއީ މިހާރު ބޮލީވުޑްގެ އައު ދެލޯބިވެރިން ކަމަށް އަންނަނީ ބުނަމުންނެވެ.
މި ވާހަކައެއް ގެ އަޑު ގަދަ ވެފައިވަނީ އާ އަހަރު އެމީހުން އެކުގައި ހޭދަކޮށްފައިވާ ފޮޓޯތަކެއް ވައިރަލް ވުމާއި ގުޅިގެންނެވެ. 30 އަހަރުގެ ނޯރާ އަކީ މިހާރު ބޮލީވުޑްގައި ނަން މަޝްހޫރު ތަރިއެކެވެ. އޭނާ އެންމެ ބޮޑަށް މަގުބޫލު ވެގެން ގޮސްފައިވަނީ "އަައިޓަމް ގާލް" ގެ ގޮތުގައިއެވެ.
އަނެއްކޮޅުން އާރްޔާން އަންނަނީ ބޮލީވުޑްއަށް ތައާރަފް ވުމުގެ މަސައްކަތް ކުރަމުންނެވެ. އޭނާ ފެނިގެންދާނީ ކެމެރާގެ ފުރަގަހުންނެވެ. މިހާރު ފުރަތަމަ ސްކަރިޕްޓް ލިޔެ ނިންމަފައ ވާއިރުގައި އެއީ ވެބް ސީރީޒް އެއް ކަމަށާއި އެ ޑައިރެކްޓް ކުރާނީ އާރްޔާން ކަމަށް ވެއެވެ. އަނެއްކޮޅުން އޭނާ ވަނީ މިދިއަ އަހަރުގެ ފަހުކޮޅުގައި އަމިއްލަ ބްރޭންޑެއް ލޯންޗް ކޮށް ވިޔަފާރީގެ ތެރެއަށް ވެސް ވަދެފައިއެވެ.
25 އަހަރުގެ އާރިޔާން އާއި ނޯރާ އެކުގައި ދުބާއީގައި ނިއު އިޔާ ފާހަގަ ކޮށްފައިވާ ކަމަށާއި އެމީހުން ގެ ވައިރަލް ވެފައިވާ ފޮޓޯތަކުން އެއީ ދެ ލޯބިވެރިން ކަމަށް ގަބޫލު ކުރެވޭ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އަދި ތަފާތު ކޮމެންޓް ތަށް ކޮށް ތަފާތު ޝުއޫރު ތަށް ވަނީ މިފޮޓޯތަކަށް ކޮށްފައިއެވެ.
ނަމަވެސް މިވާހަކަ ތަކާއި ގުޅިގެން އެދެމީހުން ކުރެ އެކަކުވެސް އަދި މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައިއެއް ނުވެއެވެ. މިފަހުން އާރިޔާން އާއި ބަތަލާ އަނަންނިޔާ ޕާންޑޭ އާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ އަޑުތަކެއވެސް ގަދަވިއެވެ. ނަމަވެސް އެވާހަކަތަށް ވަނީ ހަގީގަތާއި މާދުރުގައިއެވެ.
ނޯރާ ލޯބީގެ ގޮތުން ގުޅުނީ އެކްޓަރު އަންގަދު ބޭދީ އާއިއެވެ. އެދެމީހުން ގިނަ ދުވަސްތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުން ކަމަށްވެއެވެ. އަދި އެއީ ނޯރާ ބޮލީވުޑްއަށް ތައާރަފް ވުމުގެ ކުރިން ފެށުނު ގުޅުމެއް ކަމަށްވެއެވެ. ނަމަވެސް 39 އަހަރުގެ އެކްޓަރު އެންމެ ފަހުން ކަިއވެނި ކުރީ އޭނާގެ ބެސްޓް ފްރެންޑް ނޭޙާ ދޫޕިއާއެވެ.
ބުނެވޭ ގޮތުގައި އެމީހުން އަވަސް އަރުވައިލައިގެން ކައިވެނި ކުރުމުގެ ފަހަތުގައި ބޮޑު ސިއްރެއް ވެއެވެ. އެއީ ކައިވެނީގެ ކުރިން ނޭހާ ބަނޑު ބޮޑުވުމެވެ. މިހާރު އެދެމީހުން ގެ ދެދަރިން ތިބެއެވެ.
ނޯރާ އަދިވެސް ހުރީ ހުސްހަށި ބަޔަށެވެ. ދޭތެރެ ދޭތެރިން ނޯރާ އާއި ކޮންމެވެސް މީހަކާއި އަޅުވައި ކިޔައެވެ. އެންމެ ފަހުން އޭނާ ލޯބިގެ ގޮތުން ގުޅިގެން އުޅުނީ ލަވަކިޔުން ތެރިއާ ގުރޫ ރާންޑަވާ އާއި ކަމަށްވެސް އަޑު އެރިއެވެ.