ވާދަވެރިން ބަންދު ޖުކޮށް، ހައްޔަރު ނުކޮށް ވެރިކަން ކުރެވޭނެކަން ދައްކަވަމުން ގެންދާކަމަށް ރައީސް ޞާލިހު ވިދާޅުވެ ދެއްކެވި ވާހަތަކަށް އިދިކޮޅު ޕީއެންސީގެ ނައިބް ރައީސް އާދަމް ޝަރީފް ރައްދު ދެއްވައިފިއެވެ.
ރޭ އެމްޑީޕީގެ މައި ޖަގަހައިގައި "ކުރިޔަށް" މި ނަމުގައި ބޭއްވުނު ރައީސް ސާލިހުގެ ފެކްޝަންގެ އެމްޑީޕީ ޕްރައިމަރީގެ ފުރަތަމަ ރަސްމީ ބައްދަލުވުމުގައި ވާހަކަ ދައްވަމުން ރައީސް ސާލިހު ވިދާޅުވީ އެމަނިކްފާނު ނިކުމެ ހުންނެވީ ރާއްޖޭގައި ސުލްހައާއި ހަމަޖެހުން ގާއިމް ކޮށްދެއްވުމަށް ކަމަށާއި، 2013 ވަނަ އަހަރުން ފެށިގެން 2018ވަނަ އަހަރާއި ހަމައަށް ރާއްޖެއާއި މާލޭގެ ހާލަތު އޮތީ އުދަގުލާއި ބިރުވެރިކަމާއި ނާމާން ކަމުގައި ކަމަށެވެ.
އެހެންނަމަވެސް، 2018 ވަނަ އަހަރު އެމަނިކްފާނު ވެރިކަމަށް ވަޑައިގެންނެވުމަށް އެހާލަތު ބަދަލު ކޮށްލާފައި ވާކަމަށް ވިދާޅުވަމުން ރައީސް މިސާލު ޖެއްސެވީ، އެމްޑީޕީގެ ކެމްޕޭން ޖަގަހަ ކުރިމަތީގައި އޮތް އާރޓިފިޝަލް ބީޗް ސަރަހައްދުގައި އެވަގުތު ހިނގަމުންދިޔަ އިދިކޮޅު ޕީޕީއެމްގެ އެއްވުމަށް އިޝާރާތް ކުރައްވަމުންނެވެ.
ރައީސްގެ ވާހަތަކާއި ގުޅިގެން އާދަމް ޝަރީފް ވިދާޅުވީ އިދިކޮޅު ލީޑަރު އަދި އިދިކޮޅު ރިޔާސީ ކެނޑިޑޭޓް ރައީސް ޔާމީން މިހާތަނަށް މިސަރުކާރުން 3 ފަހަރަކު ނުހައްގުން ޖަލަށް ލާފައިވާކަމަށެވެ. އަދި މިއަހަރުގެ މިވީ މަދު ދުވަސްތަކުގެ ތެރޭގައިވެސް ޕީޕީއެމް، ޕީއެންސީގެ 70 ވަރަކަށް ސަޕޯޓަރުން ހައްޔަރުކޮށް ބަންދުކޮށްފައިވާކަމަށެވެ.
އިބޫގެ ވެރިކަމުގައި ހުރި ހަމައެކަނި އިދިކޮޅު ސިޔާސީ ލީޑަރު އަދި ރިޔާސީ ކެނޑިޑޭޓް ރައީސް ޔާމީން 3 ފަހަރަށް ނުހައްގުން ޖަލަށް ލައިފި. މިއަހަރުގެ ތެރޭގައި އެކަނިވެސް 70 އަށްވުރެ ޕީޕީއެމް، ޕީއެންސީ ސަޕޯޓަރުން ހައްޔަރުކޮށްފި. މަގުތަކަށް ސިފައިން ނެރެފި.
– މެމްބަރު އާދަމް ޝަރީފް ވިދާޅުވިއެވެ.
Ibu ge verikamugai huri hamaekani idhikolhu siyaasee leader adhi riyaasee candidate #RaeesYameen 3 vana faharah #nuhaggun jalah laifi, miaharu thereygai ekanives 70 ah vure gina #ppmpnc supporters hayyaru koffi. Maguthakah sifain nerefi. https://t.co/weaTYeH3sg
— Adam Shareef Umar (@Adamshareefz) January 5, 2023
އާދަމް ޝަރީފް ވަނީ ރޭގެ ޖަލްސާގައި އިންތިޚާބު ކާމިޔާބު ކުރާނެ ފޯމިއުލާއާއި، ރައްޔިތުންގެ ތާއީދު ހޯދާނެ ފޯމިއުލާ ވަރަށް ރަނގަޅަށް އެނގިވަޑައި ގަންނަވާކަމަށް ރައީސް ވިދާޅުވި ވާހަތަކަށްވެސް ރައްދު ދެއްވާފައެވެ. އޭނާ ވިދާޅުވީ ރައީސް ގެންގުޅުއްވަނީ އިންތިޚާބުތައް ކާމިޔާބު ކުރުމަށް ރައްޔިތުންގެ ކުންފުނިތައް ކަމަށެވެ. ކުންފުނިތައް ބަނގުރޫޓް ކުރަމުންދަނީ ސިޔާސީ މަންފާތައް ހާސިލް ކުރުމަށް ހިންގާ ކޮރަޕްޝަންގެ އަމަލުތަކުންކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
އިންތިޚާބު ކާމިޔާބުކުރާ ފޯމިއުލާ އަކަށް އިބޫ ބޭނުން ކުރަނީ ރައްޔިތުންގެ ކުންފުނިތައް! ކުންފުނިތައް ބަނގުރޫޓް ކުރަނީ ސިޔާސީ ބޭނުމުގައި ހިންގާ ކޮރަޕްޝަންގެ އަމަލުތަކުން. އިންތިޚާބު ކާމިޔާބުކުރާ ފޯމިއުލާ އަކަށް ކުންފުނިތައް ބަނގުރޫޓް ކުރުން ހުއްޓާލުމަށް ގޮވާލަން!
– އާދަމް ޝަރީފް ވިދާޅުވިއެވެ.
Inthihaab kamaiyabukuraa formula akah Ibu beynunkuranee rayyithunge kunfunithah! Kunfunithah bangurootu kuranee siyaasee beynumugai hingaa corruption ge amaluthakun. Inthihaabu kaamiyaabukuraa formula akah kunfunithah bangurootu kurun huttaalumah govaalan! https://t.co/ZWQr4byhxQ
— Adam Shareef Umar (@Adamshareefz) January 5, 2023
ޕްރައިމަރީގައި ވާދަކުރެއްވިކަން އިއުލާން ކުރެއްވިފަހުން ފުރަތަމަ ފަހަރަށް އެމްޑީޕީގެ މެމްބަރުންނާއި ބައްދަލުކުރައްވައި މިރޭ އެމްޑީޕީގެ ހަރުގޭގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ އެމަނިކުފާނު އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ކޯށްދެއްވުމަށް ކަމަށެވެ.
އެމްޑީޕީން މާޒީގައި ވެރިކަން ކުރަން ލިބުނު ފުރުސަތުގައި ވެރިކަން ކުރިގޮތާއި، އަދި މިވެރިކަމާއި ހުރި ތަފާތު ރައްޔިތުންނަށް ސާފުވާނެކަމަށް ރައީސް ވިދާޅުވިއެވެ. ނުސީދާކޮށް ރައީސް ނަޝީދަށް ފާޑު ވިދާޅުވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު މިނިކުންނަނީ އެމްޑީޕީއަށް އަނެއްކާވެސް ފަސް އަހަރުގެ ވެރިކަމުގެ ދައުރެއް ހޯދުމަށް ކަމަށެވެ. އެކަން ކުރެވޭނެ އަދި އެކަން ކުރުމުގެ ގާބިލްކަން ހުރި ކެނޑިޑޭޓަކީ އެމަނިކުފާނުކަމަށް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ