ބަނގުރާ އުފުލަނިކޮށް އެކްސިޑެންޓް ވުމުން ފިލައިފި

ބަނގުރާ އުފުލަނިކޮށް އެކްސިޑެންޓް ވުމުން ފިލައިފި

Author
މުޙައްމަދު ޝަޒައިމް
05 ޖެނުއަރީ 2023 09:11
0

ހުޅުމާލޭގައި ބަނގުރާ ކޭސްތަކެއް ހިފައިގެން ދިޔަ ބަޔަކު އެކްސިޑަންޓުވުމުން، އެ ކޭސްތައް އެއްލާލާފައި ފިލައިފިއެވެ.

ފުލުހުން ވިދާޅުވީ، އެކްސިޑަންޓު ހިނގާފައި ވަނީ ހުޅުމާލެ ނިރޮޅުމަގު 13 ގައި ޕާކު ކޮށްފައި އޮތް ވެހިކަލެއްގައި ސައިކަލު ޖެހިގެން ކަމަށެވެ. މި އެކްސިޑަންޓު ހިނގީ އެ ސައިކަލުގައި ތިބި 2 މީހުން ބަނގުރާ ކޭސްތަކެއް ހިފައިގެން ދަނިކޮށް ޕެޓްރޯލްކުރަން ތިބި ފުލުހުންނަށް ފެނުމުން ފިލަން ދުއްވަނިކޮށް ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެކްސިޑަންޓު ވުމާއި އެކު ބަނގުރާ ކޭސްތައް އެތަނަށް އުކާލައި އެމީހުން ފިލާފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ. މިކަން ހިނގާފައި ވަނީ މިއަދު ހަވީރު 5:30 ހާއިރުއެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ވަރުގަދަ ހަރަކާތްތަކެއް ހިންގަމުން އަންނައިރު، އައު އަހަރާ ދިމާކޮށް ހިންގި އޮޕަރޭޝަނެއްގައި ވެސް 6 ކިލޯ މަސްތުވާތަކެތި އަތުލައިގަތެވެ. މީގެ އިތުރަށް އައު އަހަރު ފެށުނު ރޭ ވެސް ބަނގުރަލާއެކު 2 މީހަކު ހައްޔަރުކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.