ވާދަވެރިން ބަންދު ޖުކޮށް، ހައްޔަރު ނުކޮށް ވެރިކަން ކުރެވޭނެކަން ދައްކަވަމުން ގެންދަވާ ކަމުގައި ރައީސް ސާލިހު ވިދާޅުވެއްޖެއެވެ.
ރޭ އެމްޑީޕީގެ މައި ޖަގަހައިގައި "ކުރިޔަށް" މި ނަމުގައި ބޭއްވުނު ރައީސް ސާލިހުގެ ފެކްޝަންގެ އެމްޑީޕީ ޕްރައިމަރީގެ ފުރަތަމަ ރަސްމީ ބައްދަލުވުމުގައި ވާހަކަ ދައްވަމުން ރައީސް ސާލިހު ވިދާޅުވީ އެމަނިކްފާނު ނިކުމެ ހުންނެވީ ރާއްޖޭގައި ސުލްހައާއި ހަމަޖެހުން ގާއިމް ކޮށްދެއްވުމަށް ކަމަށާއި، 2013 ވަނަ އަހަރުން ފެށިގެން 2018ވަނަ އަހަރާއި ހަމައަށް ރާއްޖެއާއި މާލޭގެ ހާލަތު އޮތީ އުދަގުލާއި ބިރުވެރިކަމާއި ނާމާން ކަމުގައި ކަމަށެވެ.
އެހެންނަމަވެސް، 2018 ވަނަ އަހަރު އެމަނިކްފާނު ވެރިކަމަށް ވަޑައިގެންނެވުމަށް އެހާލަތު ބަދަލު ކޮށްލާފައި ވާކަމަށް ވިދާޅުވަމުން ރައީސް މިސާލު ޖެއްސެވީ، އެމްޑީޕީގެ ކެމްޕޭން ޖަގަހަ ކުރިމަތީގައި އޮތް އާރޓިފިޝަލް ބީޗް ސަރަހައްދުގައި އެވަގުތު ހިނގަމުންދިޔަ އިދިކޮޅު ޕީޕީއެމްގެ އެއްވުމަށް އިޝާރާތް ކުރައްވަމުންނެވެ.
ޚިޔާލު ފާޅުކުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަން މިއޮތީ ތަންމިނަށް ހުޅުވާލާފަ. ޖެހިގެން މިއޮތީ، ކުރިޔަށް ގެންދަނީ އެއޮށް. ކުރިޔަށް ގެންދަނީ އެއޮށް. އެއްވެސް މީހަކު ބަންދު ކުރޭތޯ އެބަ؟ އެއްވެސް މީހަކު ކުރޭތޯ އެބަ؟ މިތާ އަޅުގަޑުމެންނަށް ޖަލްސާ ނުބޭއްވިގެން މިދަނީ. އެހެންވިޔަސް އެ މިނިވަންކަމާ އެކީގާ އެބޭފުޅުންގެ ޚިޔާލު ފާޅުކުރުމަށް އަޅުގަޑުމެން މިއޮތީ ޖާގަ ދީފަ. ހައްޔަރު ނުކުރިޔަސް، ބަންދު ނުކުރިޔަސް ވެރިކަން ކުރެވޭނެކަން އަޅުގަޑުމެން މިދަނީ ދައްކަމުން.
ރޭ ރައީސް ސާލިހު ފެކްޝަނުން ކުރިޔަށް ގެންދިޔަ ޕްރައިރީ ކެމްޕޭން ޖަލްސާ ހިނގަމުންދިޔަ ވަގުތާއި ދިމާކޮށް އިދިކޮޅު ފަރާތްތަކުން ބީޗް ސަރަހައްދުގައި ކުރިޔަށް ގެންދިޔަ އެއްވުމަށް އިޝާރާތް ކުރައްވަމުން ރައީސް ސާލިހު ވިދާޅުވިއެވެ.
މިޖަލްސާގައި އިތުރަށް ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ އެމަނިކްފާނު ނިކުމެ ހުންނެވީ ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށް ދިނުމަށް ކަމުގައެވެ. އެގޮތުން ރައީސް ސާލިހު ވިދާޅުވީ ވަކި ފަރުދަކަށް ވީތީ ލިބެންޖެހޭ އަސާސީ ޚިދުމަތްތަކެއްވެސް ހުންނަކަމަށާއި، ސަރުކާރުން ފޯރުކޮށްދޭން ޖެހޭ އެޚިދުމަތްތައް، ގާނޫނު އަސާސީން ލާޒިމް ކޮށްފައި އެބަ އޮތް ކަމަށެވެ.
މިގޮތުން ރަށެއް އުފެދިފައި އޮންނަ ގޮތުން އެރަށަކަށް ފޯރުކޮށްދޭން ޖެހޭ ވަކިކަންތައްތަކެއް ހުންނަ ކަމަށާއި، އާބާދީ ބޮޑުވުމުންވެސް ފޯރުކޮށްދޭންޖެހޭ ވަކި ޚިދުމަތްތަކެއް ހުންނަ ކަމަށެވެ. އަދި ސިޓީތަކަށް ކޮށްދޭންޖެހޭ ކަންތައްތަކެއްވެސް ހުންނަކަމަށް ރައީސް ވިދާޅުވިއެވެ.
އަޅުގަޑު މިގެންދަނީ ސިޔާސީ ފިކުރަކަށް ބެލުމެއް ނެތި ރައްޔިތުންނަށް ބޭނުންވާ މިކަންތައްތައް ކޮށްދެމުން. އަޅުގަޑު ނިކުމެ މިހުރީ، މި ދެންނެވިހެން އަޅުގަޑުމެން ފެށި މިމަސައްކަތް ކޮށް ނިންމާލަން.
މިޖަލްސާގައި ރައީސް ވިދާޅުވީ އެމަނިކްފަނު ވެރިކަމަށް ވަޑައިގެންނެވިއިރު ރައްޖޭގެ 90 އިންސައްތައަށްވުރެ ގިނަ ރަށުގައި ލިބެން ހުރީ ނަޖިސްފެން ކަމުގައެވެ. އަދި އެމްޑީޕީގެ ފުރަތަަމަ ސަރުކާރުގައި ސޮއި ކުރެވިފައި އިނީ ފެނުގެ އެންމެ ޕްރޮޖެކްޓެއްގައި ކަމަށެވެ. ނަރުދަމާގެ ނިޒާމް ގާއިމް ކުރުމަށް 2008 އިން 2012 އާ ދޭތެރޭ ސޮއިކުރެވިފައި އިނީ އެންމެ 8 ރަށުގައި ކަމަށްވެސް ރައީސް ސާލިހު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެހެންނަމަވެސް، 2018ގައި އުފެދުނު އެމްޑީޕީގެ ވެރިކަމުގައި 141 ރަށުގައި ގެންދަނީ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމް ކުރަމުން ކަމުގައެވެ.
އަޅުގަޑު ނިކުމެ މިހުރީ އެކަން ކޮށް ނިންމާލަން.
އެމްޑީޕީގެ ގިނަ އަދަދެއްގެ މެމްބަރުން ހާޒިރުވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވިދާޅުވިއެވެ. ރައީސް ސާލިހު ވިދާޅުވީ މާލެ ސަރަހައްދުގައި ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް މިހާރުވެސް 8،782 ފްލެޓްގެ މަސައްކަތް އަމަލީގޮތުން ހިގަމުން ދާކަމުގައެވެ. އަދި މިހާތަނަށް އެއްވެސް ސަރުކާރަކަށް، އެސަރުކާރަކުން ފެށި ފްލެޓް މަޝްރޫއެއް ނިންމާ، ރައްޔިތުން އެ ފްލެޓްތަކަށް ވެއްދިފައި ނުވާކަމަށް ވިދާޅުވަމުން ރައީސް ސާލިހު ވިދާޅުވީ މި ސަރުކާރުގެ މި 5 އަހަރު ނިމޭއިރު، ސަރުކަރުން އަޅަމުންދާ ފްލެޓްތަކުން ބަޔަކަށް މާލޭގެ ރައްޔިތުންނަށް ވަދެވި، ދިރިއުޅެވޭވަރު ކޮށްދެއްވާނެ ކަމުގައެވެ.
އޭގެ އިތުރުން މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށްޓަކާ އަޅުގަޑު ވީވައުދު، 5،000 ގޯތި ދިނުމުގެ ވައުދު އިރާދަކުރެއްވިއްޔާ ކަޑަޖަހާ، ބިންވަކިކޮށް، ރޯނުދަމާ، މާލޭގެ ރައްޔިތުންނަށް މިއަަހރު ތެރޭގައި އެކަން ކޮށްދޭނަން. އަޅުގަޑު މިކަން ކުރާނީ ކުރެންދޫ ރައްޔިތުންނަށް ކަނޑުން އެއްހާސް ގޯތި ދިން ގޮތަކަށް ނޫން.
ރައީސް ސާލިހު ވިދާޅުވިއެވެ. ރައީސް ސާލިހު ވިދާޅުވީ ބޯހިޔާވަހިކަމުގެ 16،401 ފްލެޓާއި ގޯތި ދިނުމުގެ މަޝްރޫއު މިސަރުކަރުން މިހާރުވެސް ކުރިޔަށް އެބަ ގެންދަވާ ކަމުގައެވެ. އަދި މިއީ ރާއްޖޭގެ ތާރީޚުގައި އެއްވެސް ސަރުކާރަކުން 5 އަހަރުތެރޭގައި މިހާތަނަށް ކޮށްފަ އޮތްކަމެއް ނޫންކަމުގަވެސް ރައީސް ސާލިހު ވިދާޅުވިއެވެ.
One Response
ޔާމީނު ގަނަތެޅުވުން ހެއްކަކަންފުދޭ