އިޔާޒް، އިމްރާނަށް: ދޫނުދެއްވައި ހައްގު ގޮތުގައި ހިފަހައްޓަވާ!

އިޔާޒް، އިމްރާނަށް: ދޫނުދެއްވައި ހައްގު ގޮތުގައި ހިފަހައްޓަވާ!

Author
މުޙައްމަދު ޝަޒައިމް
24 ނޮވެމްބަރ 2020 08:16
0

އަދާވާތްތެރިން އަމަލުތަކަށް ދޫނުދެއްވައި ހައްގު ގޮތުގައި ސާބިތުކަމާއިއެކު ހުންނެވުމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އަށް ޑރ.މުހައްމަދު އިޔާޒު ގޮވާލައްވައިފިއެވެ.

އަދާލަތް ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ މަޤާމު ފުރުއްވަމުންދާ އިމްރާން އަބްދުﷲގެ އިތުބާތު ނެތްކަމުގެ ވޯޓުގެ މައްސަލާގައި އިމްރާން މަޖިލީހުގައި ދެއްކެވި ވާހަކަތަކަށް ވަރަށްބޮޑަށް ތާއީދުކޮށް އިޔާޒު ވިދާޅުވީ އަދާވާތްތެރިންގެ ނުބައި ރޭވުންތަކުގެ މަޅިން ސަލާމަތްވުމަކީ އުފާކުރައްވާކަމެއްކަމަށެވެ. އަދި އެފަދަ މީހުންގެ ނުބައި ރޭވުންތަކުން ސަލާމަތްވެ ހައްގު ގޮތުގައި ސާބިތުވެ ހުންނެވުމަށް ޑރ.އިޔާޒު ވަނީ ގޮވާލާފައެވެ.

އިއްޔެގެ މަޖިލީހުގައި މިނިސްޓަރ އިމްރާން ވިދާޅުވީ ހުށަހަޅާފައިވާ މައްސަލައިގެ ބޭނުމަކީ އިންސާފަށް ހުރަސް އެޅުން ކަމަށެވެ. އެއީ ސަރުކާރުގެ ކާމިޔާބީ ފުރޮޅައިލަން ހުށަހެޅި މައްސަލައެއް ކަމަށް ވެސް އޭނާ ސިފަކުރެއްވި އެވެ. އިމްރާން ވިދާޅުވެފައިވާ ގޮތުގައި ޖިންސީ ގޯނާގެ މައްސަލައިގައި ދެއްކެވި ވާހަކައިގައި އޭނާގެ ނިޔަތަކީ އެކަން އާދައިގެ ކަމަކަށް ހެއްދެވުމެއް ނޫނެވެ. އެ މައްސަލާގައި އާންމުންނަށް އޮޅުންއެރީ މީޑިއާއިން ކަވަރުކުރި ގޮތުން ކަމަށް ވިދާޅުވެ، އޭނާގެ ވާހަކަތަކަށް ފަހުން މައާފަށް ވެސް އެދިވަޑައިގަތެވެ. އެ މައްސަލައިގައި އެވާހަކަ ތަކުރާރުކުރައްވައި އިމްރާން ވަނީ އިއްޔެވެސް މާފަށް އެދިވަޑައިގެންނެވި އެވެ.

މިމައްސަލާގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް(ދޮންބިލޭ) ވިދާޅުވީ އިމްރާންގެ މައްސަލަ މަޖިލީހަށް ވައްދާފައިވަނީ ދީނީ ގޮތުން ހަރުކަށި ފިކުރުގެ މީހުން ކުރާ މަސައްކަތް ހުއްޓުވުމަށް އިމްރާން ކުރައްވާ މަސައްކަތާއި ދެކޮޅަށް ސަލަފް ޖަމްއިއްޔާއިިން އަޑީގައި އޮވެގެން ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.