އެމިލީ އާއި ޕީޓް ރުޅިވެއްޖެ

އެމިލީ އާއި ޕީޓް ރުޅިވެއްޖެ

Author
ފާތިމަތު ނާވީ
04 ޖެނުއަރީ 2023 06:40
0

ޝްހޫރު ސެލެބްރިޓީ ކިމް ކާޑޭޝިއަން ލޯބީގެ ގޮތުން ގުޅުނު އެމެރިކާގެ ކޮމީޑިއަން ޕީޓް ޑޭވިޑްސަން، އޭނާ ފަހުން ލޯބީގެ ގޮތުން ގުޅިގެން އުޅުން އެމިލީ ރަތަޖްކޯސްކީ އާއި ވެސް ރުޅިވެއްޖެއެވެ.

ކިމް އާއި ލޯބީގެ ގޮތުން ގުޅިގެން މާގިނަދުވަހު އެދެމީހންނަށް ނޫޅެވުން ނަމަވެސް އުޅުން މަދު ދުވަސްކޮޅުގައި ދެމީހުންވެސް އުޅުނީ ވަރަށް ލޯބިންނެވެ. ލޯބީގެ ގޮތުން ގުޅިގެން އެމީހުން ވަނީ 9 ވަރަކަށް މަހުގައި އުޅެފައިއެވެ.  އަދި އެމީހުންގެ ލޯބީ ރިއަލިޓީ ޝޯވ "ކީޕިކް އަޕް ވިތް ކާޑޭޝިއަން" އިން އެންމެންނަށް ފެނިގެން ދިއައެވެ. އަދި ހަމަ އެއާއި އެކުގައި އެމީހުނން ވަކި ވުމުން ފޭނުން ތިބީ ދެރަވެފައިއެވެ.

 

View this post on Instagram

 

A post shared by pete davidson (@petedavidson.93)

ކިމްއާއި ރުޅިވިތާ މާގިނަ ދުވަހެއް ނުވެ އަނެއްކައިވެސް ޕީޓް ހެ ހަޔާތަށް އަލުން ލޯބިވެރިއަކު ވަނީ އައިސްފައިއެވެ. އެއީ މޮޑެލް އަދި ބަތަލާ އަމިލީ ރަތަޖްކޯސްކީއެވެ. ނަމަވެސް މި ގުޅުންވެސް މަހެއްގެ ތެރޭގައި ވަނީ ނިމުކަށް އައިސްފައިއެވެ.

ގާތްގަނޑަކަށް އެއް މަސް ދުވަހު ރައްޓެހިވެގެން އުޅުމަށްފަހު ދެމީހުން ރުޅިވި ސަބަބެއް ހާމައެއް ނުކުރެއެވެ. އަދި މި ދެމީހުން މިހާރު ތިބީ ދެ ރައްޓެހިންގެ ގޮތުގައި ކަމަށްވެސް މީޑިއާތަކުން ރިޕޯޓުކުރެއެވެ.

 

View this post on Instagram

 

A post shared by pete davidson (@petedavidson.93)

ދާދިފަހުން 29 ވަނަ އުފަން ދުވަސް ފާހަގަކޮށްފައިވާ ޕީޓް ވަނީ އެނާގެ އުފަން ދުވަހު ދެމީހުން އާއެކު އެމެރިކާގެ ނިއު ޔޯކް ސިޓީ އިންވެސް ފެނިފައެވެ. ދެމީހުން އެކަކު އަނެއްކަކަށް އެގިނގެން ދިއައީ މިއުޗުއަލް ފްރންޑެއްގެ ފަރާތުން ކަމަށްވެއެވެ.

 

View this post on Instagram

 

A post shared by Emily Ratajkowski (@emrata)

އަމިލާގެ މި ގުޅުމުގެ ވާހަކަ ފެންމަތިވެފައި މިވަނީ 4 އަހަރު އެކުގައި އުޅުމަށްފަހު ކުރީގެ ފިރިމީހާ ސެބެސްޓިއަންގެ ކައިރިން ވަރިވެފައި ވަނިކޮށެވެ. މި ދެމީހުންގެ 2 އަހަރުގެ ފިރިހެން ކުއްޖަކުވެސް ހުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.