އައު އަހަރާއި ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނުގައި ދެ މީހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ހޮނިހިރު ދުވަހުގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން މާލެއާއި ހުޅުމާލޭގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަަމަށެވެ.
ހައްޔަރުކޮށްފައިވަނީ އަންހެނަކާއި ފިރިހެނެއް ކަމަށެވެ. އަދި އަންހެން މީހާ ހައްޔަރުކޮށްފައިވަނީ މާލެއިންމެވެ. ފިރިހެން މީހާ ހައްޔަރުކޮށްފައިވަނީ ހުޅުމާލެއިންނެވެ. ހައްޔަރުކުރި ދެމީހުންގެ އަތުންވެސް ބަނގުރާފުޅިއެއް ވަނީ ފެނިފައެވެ.
ދެ މައްސަލަވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.