މިއަހަރު ރާއްޖެއައި ފުރަތަމަ ފަތުރުވެރިޔާއަކީ ރަޝިޔާގެ ފަތުރުވެރިއެއްކަމަށް އެމްއެމްޕީއާރުސީން ބުނެފިއެވެ.
ކޮންމެ އަހަރަކުވެސް ރާއްޖެ އަންނަ ފުރަތަމަ ފަތުރުވެރިޔާއަށް ހޫނު މަރުހަބާއެއް ކިޔައެވެ. އެގޮތުން މިއަހަރުވެސް ވަނީ އެފަދަ ހޫނު މަރުހަބާއެއް ކިޔުންނަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހަރަކާތްތަކެއް ބާއްވާފައެވެ.
މިއަހަރު ފުރަތަމަ ރާއްޖެ އައިސްފައިވަނީ ރަޝީޔާގެ ފަތުރުވެރިއެއްކަމަށްވާ ނިކޮލައި ސްޓްރޭޓިކަކްއެވެ. އޭނާ ރާއްޖެއައީ އާއިލާއާއެކު ޗުއްޓީ ހޭދަކޮށްލުމަށެވެ. މިއީ އެ އާއިލާ ރާއްޖެ އައި ފުރަތަމަ ފަހަރެވެ.
ރާއްޖެއިން އަންނަނީ ފަތުރުވެރިކަމުގައި ރެކޯޑްތަކެއް ހަދަމުންނެވެ. އެގޮތުން މިދިޔަ އަހަރަށް ކަނޑައެޅި 1.6 މިލިއަން ފަތުރުވެރިންގެ އަމާޒު ހާސިލުކުރިއެވެ. އަދި މިއަހަރަށް އަމާޒުކޮށްފައިވަނީ 1.8 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށެވެ.
ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް އެމްއެމްޕީއާރުސީއާއި މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރެއެވެ. މިގޮތުން ރާއްޖެއަށް ފާއިތުވި 3 އަހަރު ވަނީ ވިދިވިދިގެން ދުނިޔޭގެ ފަތުރުވެރިކަމުންދޭ އެންމެ މަޤްބޫލު އަދި އެންމެ ޝަރަފްވެރި އެވޯޑްކަމަށްވާ ވޯލްޑް ލީޑިން ޑެސްޓިނޭޝަން އެވޯޑް ލިބިފައެވ.
ކޮމެންޓު ފޮނުވާ