ވެލިދުއާއި ޅޮހީގެ ބަނދަރާއި، ދެއްވަދޫ ގޮނޑުދޮަށް ޚިމާޔަތްކުރުން އެމްޓީސީސީއަށް

ވެލިދުއާއި ޅޮހީގެ ބަނދަރާއި، ދެއްވަދޫ ގޮނޑުދޮަށް ޚިމާޔަތްކުރުން އެމްޓީސީސީއަށް

ނ. ވެލިދު އާއި ޅޮހީގެ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތާއި، ގދ. ދެއްވަދޫ ގޮނދުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

ވެލިދޫ ބަދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 50 މިލިއަން ރުދިޔާއަށް 500 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އަދި ޅޮހީ ބަނދަރުގެ މަސައްކަތް ހަވާލުކުރީ 68 މިލިއަން ރުފިޔާއަށް 640 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި ދެ ބަނދަރު މަޝްރޫއުގެ ދަށުން ވެސް ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ނ. ޅޮހި:
ޅޮހީ ބަނދަރު މަޝްރޫއުގެ ދަށުން ކުރަން ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި 66،701 ކިއުބިކް މީޓަރަށް ބަނދަރު ފުން ކުރުމާއި، 2205 ކިއުބިކް މީޓަރަށް ނެރު ފުން ކުރުމާއި، 281 މީޓަރު ބްރޭކްވޯޓާ ޖެހުން އަދި 40 މީޓަރު ސަބްމާޖް ބްރޭކްވޯޓާ ހިމެނެއެވެ. ހަމައެއާއެކު 95 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި 50 މީޓަރުގެ ގްރޮއިން ޖެހުމާިއ، 366 މީޓަރުގެ އެއްގަމު ތޮށި ޖެހުން އަދި 366 މީޓަރުގެ ސްކޯރިން އެޕްރޮން ޖެހުން ވެސް ހިމެނެއެވެ.

އޭގެ އިތުރުން ޅޮހީ ބަނދަރުގައި 10 މޫރިން ބޮއި ހަރުކުރުމާއި، 121 އަކަ މީޓަރުގެ ރޭމްޕެއް ހެދުމާއި، ކޮންކްރީޓް ޖެޓީއެއް އެޅުން އަދި ދެ ނެވިގޭޝަން ލައިޓާއި، 19 މަގުބައްތިއާއެކު 1720 އަކަ މީޓަރުގެ ސަރަހައްދެއްފައި ޕޭވްމަންޓު ހެދުން ވެސް މި މަޝްރޫއުގެ ދަށުން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ނ. ވެލިދޫ:
ވެލިދޫ ބަނދަރު މަޝްރޫއުގެ ދަށުން ކުރަން ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި 67،020 ކިއުބިކް މީޓަރަށް ބަނދަރު ފުން ކުރުމާއި، އާ ބަނދަރު 19،513 ކިއުބިކް މީޓަރަށް ފުން ކުރުމާއި 2414 ކިއުބިކް މީޓަރަށް ނެރު ފުން ކުރުމާއި، 12 މީޓަރު ބްރޭކްވޯޓާ ޖެހުން އަދި 151 މީޓަރުގެ ރިވެޓްމެންޓް ޖެހުން ހިމެނެއެވެ. ހަމައެއާއެކު 167 މީޓަރުގެ އެއްގަމު ތޮށި ޖެހުމާއި 3155 މީޓަރުގެ ސްކޯރިން އެޕްރޮން ޖެހުމާއި 10 މޫރިން ބޮއި ހަރުކުރުމާއި 121 އަކަ މީޓަރުގެ ރޭމްޕެއް ހެދުމުގެ އިތުރަށް، 120 މީޓަރުގެ ކޮންކްރީޓް ޖެޓީއެއް އެޅުންވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

އޭގެ އިތުރުން ޅޮހީ ބަނދަރުގައި ދެ ނެވިގޭޝަން ލައިޓާއި، 22 މަގުބައްތިއާއެކު 2433 އަކަ މީޓަރުގެ ސަރަހައްދެއްފައި ޕޭވްމަންޓު ހެދުން ވެސް މި މަޟްރޫއުގެ ދަށުން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ދެއްވަދޫ:
އެމް.ޓީ.ސީ.ސީއާއި ގއ. ދެއްވަދޫ ގޮނޑުދޮށް ޚިމާޔަތްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 210 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. މިއީ ދަޢުލަތުން ގާތްގަނޑަކަށް 24 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ދަށުން ދެއްވަދޫ އުތުރު، އިރުމަތި އަދި ދެކުނު ފަރާތު ގިރާ ސަރަޙައްދު ހިމާޔަތްކުރުމުގެގޮތުން 120 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓެއް ޖެހުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބޮޑު ހިލައިގެ 11 ވައި-ގްރޮއިން (ޖުމްލަ 400 މީޓަަރު) ޤާއިމުކުރުމާއި ގޮނޑޮދޮށް ވެލިން މުއްސަނދިކުރުމުގެ މަސައްކަތް މި މަޝްރޫޢުގެ ދަށުން ކުރެވިގެންދާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *