ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލާ ހުކުރު ދުވަހު މުޅި ރާއްޖޭގައި މުޒާހަރާ ކުރަނީ

ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލާ ހުކުރު ދުވަހު މުޅި ރާއްޖޭގައި މުޒާހަރާ ކުރަނީ

Author
މުޙައްމަދު ޝަޒައިމް
27 ޑިސެމްބަރ 2022 08:16
0

ޕީޕީއެމްގެ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި ހުކުރު ދުވަހު މުޅި ރާއްޖޭގައި މުޒާހަރާ ކުރުމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ނިންމައިފިއެވެ.

ހުކުރު ދުވަހުގެ ބޮޑު ހަރަކާތް އިއުލާން ކޮށްފައިވަނީ ޕީޕީއެމްގެ އޮފީހުގައި މިއަދު އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވަނީ ޔާމީނުގެ މައްޗަށް ކުރިމިނަލް ކޯޓުން ކުރީ "ހަރާމް" ހުކުމެއް ކަމަށް ބުނާ ބުނުން ތަކުރާރުކުރައްވާފަ އެވެ. އަދި ހުކުރު ދުވަހުގެ ހަރަކާތަކީ ޔާމީނުގެ ސަޕޯޓަރުންނާއި އިދިކޮޅު ކޯލިޝަނުގެ މެންބަރުންނާއި ގައުމަށް ހެޔޮއެދޭ ފަރާތްތަކުން ބައިވެރިވާނެ ހަރަކާތެއް ކަމަށެވެ.

އަޅުގަނޑު ދަންނަވާލަން ބޭނުން، އެންމެ ތަންފުކެއްވެސް ދޫނުކުރައްވާށޭ. ކެރިގެން ރައްޔިތުން ނިކުމެވަޑައިގެން މި ގައުމު ސަލާމަތްކުރުމަށް ރައީސް ޔާމީން ފައްޓަވާދެއްވި މަސައްކަތުގައި ސާބިތުވެ ތިއްބަވާށޭ.

– އަބްދުއްރަހީމް ވިދާޅުވިއެވެ.

ހުކުރު ދުވަހުގެ ހަރަކާތް ހުރިހާ ރަށެއްގައި ވެސް ފެށިގެން ދާނީ ހަވީރު 4:00 ގައެވެ. މާލޭގައި މުޒާހަރާ ފަށާ ސަރަހައްދެއް ފަހުން އިއުލާން ކުރާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ކުރީގެ ރައީސް ޔާމީންގެ މައްޗަށް ދަޢުލަތުން އުފުލާފައިވާ ދެ ދަޢުވާގެ ތެރެއިން މަނީ ލޯންޑަރިންގެ ކުށުގެ ދަޢުވާ އެމަނިކުފާނުގެ މައްޗަށް ސާބިތުވުމާގުޅިގެން 7 އަހަރު ދުވަހަށް ޖަލަށް ލުމަށާއި، 5 މިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާކުރުމަށް ވަނީ ހުކުމްކޮށްފައެވެ. އަދި ޖޫރިމަނާ ފައިސާ 6 މަސް ދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށްވެސް ހުކުމްކޮށްފައިވެއެވެ.

ޔާމީންގެ މައްޗަށް ކުށް ސާބިތުވެ ޖަލު ހުކުމް އިއްވާފައިވާއިރު ޕީޕީއެމް އިން ވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެ ޕާޓީން ވާދަކުރައްވާނޭ ކެންޑިޑޭޓަކީ ޔާމީން ކަމުގައި ކަނޑައަޅައި، ރިޔާސީ ޓިކެޓް އެމަނިކުފާނާ ހަވާލުކޮށްފައެވެ. އެހެންނަމަވެސް ޖިނާއީ ކުށެއް ސާބިތުވެ 12 މަސް ދުވަހުގެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒުކުރަމުން ގެންދާ މީހަކަށް ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް ކުރިމަތިނުލެވޭނޭ ކަމަށް ގާނޫނު އަސާސީގައިވަނީ ބަޔާންކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޒ ޒާހިރު
ފަޑިޔާރުސަކީލުތިބޭފުޅާތިއަދުރުވަނީރައިސްޔާމީނައްހަރާންހުމެއްކޮއްފައުމްރާއައްކަލޭގެލަދުކޮބާ))ސަކީލުތިބޭފުޅާހެޢްދެވިފަރާތައްވުރެއްބޮޑައްބިރުފުޅުގައްނަވަނީރައިސްކިބޫސޯލިހުދެކެފަޑިޔަރުސަކީލުއަބިދަރިއްނަޢްހަލާލުގޮތުގާހޯދާގެއްކާންބޯދެއްވާއަލިފާންކާނުދެއްވާ)އިރާދަކުރެއްވިއްޔާއުމްރާގެއަޅުކަމަކުއްސަކީލުއަށްފާދާއެޢްނުކުރާނެއިރާދަކެއްވިއްޔާމިހެއްމިބުނައްޖެހުނުސަބަބަކީ)))).ފަޑިޔާރުކަމައްސަކީލުމާތްﷲގައްދީންހުވާކޮއްގެއްހުރެގެއްއެކުރީހަންހުކުމެއް
ހަރާންނޯރުވީފަޑިޔާރުސަކީލުތިއަދުރުވަނީނުހައްގުއްހުކުމެއްކޮއްގެއްއުމްރާއަށްތިބޭފުޅާގެލަދުކޮބާ)އިރާދަކުރެއްވިއްޔާރަގަޅުގޮތެއްމެދުވެރިނުކުރައްވާނެބަލަސަކީލުތިބޭފުޅާﷲގެމަތިއްހަދުމަފުޅުނެތީތޯ)އަޅުގަޑައްހީވާގޮތުގާ)ސަކީލުހެއްދެވިފަރާތައްވުރެއްވެސްބޮޑައްބިރުފުޅުގަންނަވަނީރައިސްސޯލިހުދެކެއެހެއްނޫނަމަރައިސްޔާމީނަކﷲދ
ޒ ޒާހިރު
މިފަހަރުރިއާސީއންތިހާބުގަރައިސްސޯލިހުއަށާއިރައިސްނަސިދުއައްވޯޓުދޭމީހުއްނަކީއަޅުގަންޑުގެނަޒަރުގާމިގައުމައްގައްދާރުވާމީހުއްކަމަބެލެވޭމިހެއްމިބުނައްމިޖެހުނީވަރައްގިނަސަބަބުތަކެއްހުރީމަނިކައްވިސްފިނުރުކޮއްބަލަ)ދަރިއްގެދަރިއްނއްވެސްދަރަނިއްސަލާމެއްވާކައްނެއްއަދުލުއިންސާފެއްނެއްމިގައުމުގަހުރިނަހުރިހަރުމުދާތައްރަހުނުގެގޮތުދައްކާފައަންޑިޔާގެ)ގެރިމޯދީސަރުކާރުއްލޯނުތައްނަގާފައަދިއެވަރުނުފުދިގެއްރަތްޔިތުއްވެސްރަހުނުގެގޮތުދައްކާފަ)މިވުވެގެއްދާއިރުވެސްބައެއްރަތްޔިތުއްތިއަތިބެނީއަތްޖަހާޖަހާލައް)ނިކައްވިސްނާލަބަލަ)ލޯނުތައްނެގިނަމަވެސްރަތްޔިތުފެލާލާގެއްރާތްޖެތެރޭރަތްރަށުގަމަސެއްކަތްކުރަމުއްއެގެއްދަނީކާބޯތަކެތީއަގުއެހާބޮޑުމިކަޢްވިސްނޭމީހަކުނެއްރައިސްޔާމީނަޢްއެއިއްވިހަރާންހުމުއްވެސް.އެބައެގޭރިޔާސީއިންތިހާބުވަގައްނަގާނެކަޢް