ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ރަފީޢުއްދީން އަޙްމަދުގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފިއެވެ.
ޖޭއެސްސީން ބުނީ އެ މައްސަލައަކީ އަވަސް ނިޔާގެ ޙުކުމް ކުރަންޖެހޭ މައްސަލައެއްގައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 151 ވަނަ މާއްދާގެ (ބ) އާ ޚިލާފަށް މައްސަލައިގެ ޙުކުމް ކޮށްފައިނުވާކަމަށްބުނެ ހުށަހެޅިފައިވަ މައްސަލައެއްކަމަށެވެ.
ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ރަފީޢުއްދީން އަޙްމަދާ ގުޅޭގޮތުން ހުށަހެޅިފައިވާ މކިމައްސަލަ ތަޙްޤީޤުކުރުމަށް ނިންމުމާ ގުޅިގެން އެމައްސަލަ ބެލުމަށް ޖޭއެސްސީންވަނީ ކޮމިޓީއެއް އެކުލަވާލާފައެވެ. މި މައްސަލަ ތަޙްޤީޤުކުރުމަށް މިޑިސެމްބަރު މަހުގެ 21 ވީ ބުދަ ދުވަހު ބޭއްވި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ 91 ވަނަ ޖަލްސާއިން ވަނީ ނިންމައި އެކަމަށް ޚާއްސަ ކޮމިޓީ އެކުލަވާލައިފައިކަމަށް ޖޭއެސްސީން ބުނެއެވެ.
ކޮމެންޓު ފޮނުވާ