އައު އަހަރާއި ދިމާކޮށް ބަނގުރާ ކެއްކުމަށް ބޭނުންކުރަން އުޅުނު ތަކެތި ހިތަދޫން ހޯދައިފި

އައު އަހަރާއި ދިމާކޮށް ބަނގުރާ ކެއްކުމަށް ބޭނުންކުރަން އުޅުނު ތަކެތި ހިތަދޫން ހޯދައިފި

Author
މުޙައްމަދު ޝަޒައިމް
25 ޑިސެމްބަރ 2022 11:31
0

އައްޑޫ ސިޓީ ހިތަދޫގައި ހިންގި އޮޕަރޭޝަނެއްގައި، ބަނގުރާ ކެއްކުމަށް ބޭނުންކުރާ ތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

މި މަހު 23 ވަނަ ދުވަހު ހިތަދޫ ޕޮލިސް ސްޓޭޝަނާއި ޕޮލިސް އެކެޑެމީ ގުޅިގެން ހިންގި އެ އޮޕަރޭޝަނަކީ އައު އަހަރާ ދިމާކޮށް ރަށުތެރޭގައި ބަނގުރާ ބޭނުންކުރުމާއި ރަށުތެރޭގެ މަސްލަހަތު ނަގައިލުމަށް މަސައްކަތްކޮށްފާނެކަމަށް ބެލެވޭތީ ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ.

އެ އޮޕަރޭޝަނުގައި ހިތަދޫގެ އެކި ސަރަހައްދުތަކާއި ފަޅު ގޯތިތައް ބަލައި ފާސްކޮށްފައިވެއެވެ. އެގޮތުން، ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި ހަންތަކަކާއި ބަނގުރާ ކެއްކުމަށް ބޭނުންކުރާކަމަށް ބެލެވޭ ތަކެތި ހޯދާފައިވެއެވެ. މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

ހިތަދޫ ޕޮލިސް ސްޓޭޝަނުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.