އައްބާސް އާދިލް ރިޒާ ހައްޔަރުކޮށްފި

އައްބާސް އާދިލް ރިޒާ ހައްޔަރުކޮށްފި

Author
މުޙައްމަދު ޝަޒައިމް
25 ޑިސެމްބަރ 2022 10:05
0

އާންމުންގެ މެދުގައި ނަފްރަތު އުފެދޭ ގޮތަށް ސޯޝަލް މީޑިއާގައި ތަފާތު އެކި ފަހަރު މަތިން ވާހަކަ ދައްކާފައިވާ މައްސަލާގައި އައްބާސް އާދިލް ރިޒާ ދެންމެ ހައްޔަރުކޮށްފިއެވެ.

އެނގިފައިވާ ގޮތުގައި އޭނާ ހައްޔަރުކުރީ އާއްމުންގެ މެދުގައި ނަފްރަތު އުފެދޭ ގޮތަށް ތަކުރާރުކޮށް ޓްވީޓްކޮށް އަމަން ގެއްލޭގޮތަށް ވާހަކަ ދައްކަމުންދާ މައްސަަލައިގައެވެ. އައްބާސް ވަނީ ކުރީގެ ރައީސް ޑރ މުހައްމަދު ވަހީދުގެ ވެރިކަމުގައި އެމަނިކުފާނުގެ ތަރުޖަމާނެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ. އަދި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަންވެސް ޑރ ވަހީދު ވެރިކަމުގައި އައްބާސް އަދާކޮށްފައިވެއެވެ. އަދި ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި މެލޭޝިޔާގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ސަރުކާރުގެ ޓްރޭޑް ރެޕްރެޒެންޓިވްގެ މަގާމުވެސް އޭނާ އަދާކޮށްފައިވެއެވެ.

އައްބާސް އާދިލްގެ ރިޒާގެ ނަމުގައި އޮންނަ އެކައުންޓަކުން މިދިޔަ ހުކުރު ދުވަހު ކުރި ޓްވީޓްގައި ބުނެފައިވަނީ ފެބްރުއަރީ 8 ގައި އައްޑޫގައި ހުޅުޖެހީ އިންޑިއާގެ އޯޑަރަށްކަމަށެވެ. ނަމަވެސް އެކަމުގެ ބަދަލު ހިފިފައި ނުވާތީ އެކަން އިންޑިއާ އެމްބަސީން ފަށަން ފެންނަކަމަށެވެ. އަދި މި ޓްވީޓްގައި އޭނާ ވަނީ އޭރުގެ ފޮޓޯތައްވެސް ހިމަނާފައެވެ.

އައްބާސްގެ މި ޓްވީޓާއި ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ވަނީ އިންޒާރުދިން މައްސަލަ ސަރުކާރުން ސީރިއަސްކޮށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އެކަމާ ގުޅިގެން ނަގަން ޖެހޭ ސަލާމަތީ ފިޔަވަޅުތައްކަމާ ގުޅޭ އިދާރާތަކުން ނަގާފައިވާ ކަމަށްވެސް ފޮރިން މިނިސްޓްރީން ބަޔާނުގައި ވަނީ ހާމަކޮށްފައެވެ. އަދި މިފަދަ އިންޒާރުތައް މެދުވެރިކޮށް ރާއްޖޭގައި އުޅޭ ޑިޕްލޮމެޓުން ނުރައްކަލަކަށް ހުށަހަޅައި އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސް އެޅުމަށް އެއްވެސް ފުރުސަތެއް ނުދޭނެ ކަމުގެ ޔަގީންކަންވެސްވަނީ ސަރުކާރުންވަނީ އަރުވާފައެވެ.

އައްބާސްގެ މި އެކުންޓުން މީގެކުރިން ވަނީ ފަނޑިޔާރުންނަށް ބިރު ދައްކާ ޓްވީޓެއް ކޮށްފައެވެ. އެފަހަރު އޭނާ އެ ޓްވީޓްކޮށްފައިވަނީ ކުރީގެ ރައީސް ޔާމީންގެ ގެކޮޅުގައި ހަރުކޮށްފައިހުރި އިންޑިއާ އައުޓް ބެނަރ ނެގުމުންނެވެ. އެ މައްސަލަ އޭރު ފުލުހުން ބަލަން ފެށިއެވެ. އެހެންނަމަވެސް އޭގެ ތަފްސީލެއް ފުލުހުން ފަހުން ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.