ޑްރަގު ނެޓްވޯކެއްގެ 17 މީހަކު ހައްޔަރުކޮށްފި

ޑްރަގު ނެޓްވޯކެއްގެ 17 މީހަކު ހައްޔަރުކޮށްފި

Author
މުޙައްމަދު ޝަޒައިމް
24 ޑިސެމްބަރ 2022 03:17
0

މާލެ އާއި ހުޅުމާލޭގައި ފުލުހުން ކުރިއަށް ގެންދިޔަ ޑްރަގް އޮޕަރޭޝަނެއްގައި 6.8 ކިލޯގެ ޑްރަގާ އެކު 17 މީހަކު ހައްޔަރުކޮށްފިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، މިދިޔަ ބުރާސްފަތި ދުވަހު މާލެ އާއި ހުޅުމާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޮޕަރޭޝަނެއްގައި 10 ތަނެއް ބަލާ ފާސްކޮށް 17 މީހަކު ހައްޔަރު ކޮށްފައިވާ ކަަމަށެވެ.

އަދި އެ އޮޕަރޭޝަންގައި 6.8 ކިލޯގެ މަސްތުވާތަކެތި ހޯދާފައިވާއިރު، އަދި ނުވަ ލައްކައަށްވުރެ ގިނަ ރުފިޔާ ހޯދާފައިވާ ކަަމަށް ހަމީދު ވިދާޅުވިއެވެ. އާންމުކޮށް މަސްތުވާތަކެތީގެ އޮޕަރޭޝަންތަކުގައި ހައްޔަރުކުރާ މީހުންގެ ވަނަވަރު މި ފަހުން ފުލުހުން އާންމުކުރެއެވެ. މިހާތަނަށް މި މައްސަލާގައި ހިމެނޭ މީހުންގެ ވަނަވަރު އާއްމެއް ނުކުރެއެވެ.

އެ ޓްވިޓާ އެކު ސީޕީ ވަނީ ޖޫސްޕެޓީ ކޮތަޅުތަކެއްގައި ބަންދުކޮށްފައިވާ މަސްތުވާތަކެއްޗާއި ބޮޑެތި ޕެކެޓްތަކެއްގައި ރައްކާކޮށްފައިވާ މަސްތުވާތަކެތީގެ ފޮޓޯތަކެއްގެ އިތުރުން ގިނަ އަދަދެއްގެ ފައިސާ ރައްކާކޮށްފައި ހުރި ފޮޓޯތަކެއް ވެސް އާންމުކުރައްވައިފައެވެ.

ފުލުހުން މިދިޔަ މަހުގެ 18 ވަނަ ދުވަހު ވެސް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 13.56 ކިލޯގެ މަސްތުވާތަކެއްޗާއި -/644020 ރުފިޔާ ވަނީ ހޯދާފައެވެ.

ފުލުހުން އޭރު ވިދާޅުވީ، އެތަކެތި އަތުލައިގެންފައިވަނީ މާލޭގެ ދެގެއަކާއި ހުޅުމާލޭގެ ގެސްޓްހައުސްއެއް ފާސްކޮށް ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. މި އޮޕަރޭޝަން ހިމެނޭހެން މިދިޔަ ދެމަހު ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި ގާތްގަނޑަކަށް 100 ކިލޯގެ މަސްތުވާތަކެތި ވަނީ އަތުލައިގެންފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޙ ޙެޔޮއެދޭ ހަބިއްތަ
މަސްއޮޑި ގުރޫޕޭ ޖަހާލާނެ ހިތްވަރުވެސް ސީޕީގެ ނެތް. ދަށުވެފައި.