ހެންވޭރު ގެއެއްގައި ދެމީހެއްގެ މެދުގައި ހިނގި ހަމަނުޖެހުމުގައި ތޫނުއެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ.
ފުލުހުން ބުނީ އެކަން ހިނގިކަމަށް ރިޕޯޓް ލިބުނީ މެންދުރު 12:21 ހާއިރުކަމަށެވެ. މި މާރާމާރީގައި ޒަޚަމްވި މީހާއަށް ސެނެހިޔާގައި ދަނީ ފަރުވާދެމުންކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާއި ގުޅިގެން ހަމަލާދިން މީހާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި މައްސަލ ބަލަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.
މަޢުލޫމާތު ލިބިފައިވާގޮތުގައި ހެންވޭރުގައި ހިނގި މި މާރާމާރީގައި ހަމަލާދީފައިވަނީ އަންހެނެއް އޭނާގެ ބޭބެއަށެވެ.
ކޮމެންޓު ފޮނުވާ