ބަންދުގައި ބައިތިއްބައިގެން ކޯޓަށް ހާޒިރުކުރުމަށް ދެ މީހަކު ހޯދަނީ

ބަންދުގައި ބައިތިއްބައިގެން ކޯޓަށް ހާޒިރުކުރުމަށް ދެ މީހަކު ހޯދަނީ

Author
މުޙައްމަދު ޝަޒައިމް
20 ޑިސެމްބަރ 2022 03:25
0

ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ދެ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރު ކުރަން ބޭނުންވެ ހާޒިރު ކުރެވިފައިނުވާ ދެ މީހަކު ބަންދުގައި ބައިތިއްބައިގެން ކޯޓަށް ހާޒިރު ކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އެ ދެ މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

މި ދެ އަމުރާ ގުޅިގެން ހޯދަމުން ދަނީ އއ. މަތިވެރި، ހަނދުވަރީގެ، ޖަމީލް (31އ) އާއި ބ. ކަމަދޫ، ސުވާސާގެ، މުޙައްމަދު ރާފިލް ރިޔާޟް (24އ) އެވެ.

ޖަމީލް ހޯދަމުންދަނީ ދައުލަތުން ދައުވާކުރާ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާއާ ގުޅިގެން ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ، ފުލުހުންގެ ބަންދުގައި ބަހައްޓައިގެން 2022 ޑިސެމްބަރު 21 ވަނަ ދުވަހުގެ 11:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.

މުޙައްމަދު ރާފިލް ފިޔާޟް ހޯދަމުންދަނީ ދައުލަތުން ދައުވާކުރާ ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެ ކުރުމުގެ ކުށުގެ ދައުވާއާ ގުޅިގެން ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ، ފުލުހުންގެ ބަންދުގައި ބަހައްޓައިގެން 2022 ޑިސެމްބަރު 21 ވަނަ ދުވަހުގެ 11:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.

މިމީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ވަނީ އެދިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.