އިޙްތިޞާސުން ބޭރުން ކައިވެންޏެއް ކޮށްދިން މެޖިސްޓްރޭޓެއްގެ މައްސަލަ ބަލަނީ

އިޙްތިޞާސުން ބޭރުން ކައިވެންޏެއް ކޮށްދިން މެޖިސްޓްރޭޓެއްގެ މައްސަލަ ބަލަނީ

Author
މުޙައްމަދު ޝަޒައިމް
19 ޑިސެމްބަރ 2022 07:22
0

އިޙްތިޞާސުން ބޭރުން ކައިވެންޏެއް ކޮށްދިން މެޖިސްޓްރޭޓެއްގެ މައްސަލަ ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) ނިންމައިފިއެވެ.

ޖޭއެސްސީ އިން މިއަދު ބުނީ ލ.ގަމު މެޖިސްޓްރޭޓް ކޯޓުގެ އިޙްތިޞާސުން ބޭރުން ކައިވެންޏެއް ކޮށްދީފައިވާ އަދި އެ ކައިވެނި ކުރުމަށް ހުއްދަދީފައިވާކަމަށް ތުހުމަތުކުރާ މައްސަލައެއް، ލ.ގަމު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ޢަބްދުލްފައްތާޙް ޢަބްދުލްޣަފޫރުގެ ސުލޫކީ މައްސަލައެއް ގޮތުގައި ބެލުމަށް ނިންމާފައިވާ ކަމަށެވެ.

އިސްމެޖިސްޓްރޭޓް ޢަބްދުލްފައްތާޙް ޢަބްދުލްޣަފޫރުގެ މައްސަލަ ބަލަން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމީ މިމަހުގެ 07 ވަނަ ދުވަހުއެވެ. އެކޮމިޝަނުން ބުނީ މި މައްސަލަ ބެލުމަށް ކޮމިޓީއެއްވަނީ މިހާރު އެކުލަވާލެވިފައި ކަމަށެވެ.

މެޖިސްޓްރޭޓް ކޯޓުގެ އިޙްތިޞާސުން ބޭރުން ކައިވެންޏެއް ކޮށްދީފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ އިތުރު ތަފްސީލެއް ޖޭއެސްސީ އިން ނުދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.