ޕީޖީ އޮފީހުން "އުންސުރު"ގެ ނަމުގައި ނިއުސް ލެޓާރ އެއް!

ޕީޖީ އޮފީހުން "އުންސުރު"ގެ ނަމުގައި ނިއުސް ލެޓާރ އެއް!

Author
ޢަލީ އާދަމް
19 ޑިސެމްބަރ 2022 10:40
0

ޕްރޮސެކިއުޓާރ ޖެނަރަލްގެ އޮފީހުން "އުންސުރު"ގެ ނަމުގައި ނިއުސް ލެޓަރއެއް ނެރެން ނިންމައިފިއެވެ.

މިކަން ޕީޖީއޮފީހުން ވަނީ މިކަން ހާމަކޮށްފައެވެ. ޕަބްލިކް ޕްރޮސެކިއުޓަރ އަޙްމަދު ޝަފީޢު މީޑިއާތަކަށް ހާމަކުރެއްވިގޮތުގައި "އުންސުރު" ނިއުސްލެޓަރ އިފްތިތާޙުކުރުން މާދަމާ 13:15ގައި މީރުމާގައި އޮންނާނެއެވެ. މިކަމަށްޓަކައި ބާއްވާ ރަސްމިއްޔާތިގުގައި އުންސުރުގެ އިތުރުން "އަހިމާ"ގެ ނަމުގައި ޕީޖީ އޮފީހުގެ ވެބްސައިޓު އިފްތިތާޙުކުރުމާއި "ލެތުން"ގެ ނަމުގައި އިނގިރޭސި ވެބްސައިޓު އިފްތިތާޙުކުރުންވެސް އޮންނާނެކަމަށް ޝަފީޢު ހާމަކުރައްވާފައިވެއެވެ. އަދި މީގެ އިތުރުން ހެއްކާބެގޭ ޤާނޫނު ފޮތް ނެރުންވެސް މާދަމާ އޮންނާނެއެވެ.

އުންސުރުގެ މާނައަކީ އެއްޗެއް އޭގެ ޒާތުގައި ފުރިހަމަ ވުމަށްޓަކައި އޭގައި ހިމެނެން ޖެހޭ އަސާސީ ބައިތަކެވެ.

ޤާނޫނީ ކަންކަމަށް ބަލާއިރު، ޤާނޫނީ ކުށެއްކަމަށް ކަނޑައަޅާފައިވާ ކަމެއް ކުށެއްގެ ގޮތުގައި ފުރިހަމަވުމަށްޓަކައި ޤާނޫނު ލާޒިމްކުރާ އަސާސީ ބައިތަކަކީ އުންސުރެވެ. ޢާންމުކޮށް ކުށެއްގައި ހިނެނޭ އުންސުރު ތަކަކީ އެކުށުގެ ޢަމަލުކަމަށް ބެލެވޭ ބަޔާއި ކުށުގެ ގަސްތާއި ނިޔަތެވެ.

ބައެއް މުހިންމު މައްސަލަތަކުގައި އުންސުރު ހަމަނުވެގެން ޝަރީޢަތަށް ނޮފުނުވުމާއި ކުށްވެރިން ދޫވުންފަދަ ކަންކަމާ ގުޅިގެން އެކަން އެހެންވަނީ އުންސުރު ފުރުހަމަ ނުވެގެންކަމަށް ޕީޖީން ހާމަކުރާތީ ޢާންމުންގެ މެދުގައި "އުންސުރު" މިލަފްޒަކީ ވަރަށް މަޝްހޫރު ލަފްޒެކެވެ. ޖެއްސުމުގެގޮތުން ނުވަތަ މަލާމާތުގެ ގޮތުން މިލަފްޒު ބޭނުންކުރުންވެސް އިތުރެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.