ހޯމް މިނިސްޓަރ އިމްރާން އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވައްދާފައިވަނީ ޖަމްއިއްޔަތުއް ސަލަފު އަޑީގައި އޮވެގެން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް(ދޮންބިލޭ) ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާއަށް ހުށަހެޅިފައިވާ މިނިސްޓަރ އިމްރާންގެ އިތުބާރު ނެތްކަމުގެ މައްލަސާގައި ވާހަކަ ދައްކަވަމުން ހަލީމް ވިދާޅުވީ އިމްރާންގެ މައްސަލަ މަޖިލީހަށް ވައްދާފައިވަނީ ދީނީ ގޮތުން ހަރުކަށި ފިކުރުގެ މީހުން ކުރާ މަސައްކަތް ހުއްޓުވުމަށް އިމްރާން ކުރައްވާ މަސައްކަތާއި ދެކޮޅަށް ކަމަށެވެ.
އިސްލާމްދީނަކީ ރާއްޖޭގެ ރައްޔިތުން ލޯބިކުރާ ދީނެއް، ދީނަލަށް އުޅެމުންދަނިކޮށް، ހަރުކަށި ފިކުރަށް ގެނބިގެން ގޮސް، މިއަދު ވަނީ ޤައުމު ބޮޑު ބިރުވެރިކަމަށް ވެއްޓިފަ. މިއަދު ރާއްޖޭގެ ޕާސްޕޯޓް ފެންނަނީ ބޮމެއްގެ ގޮގައި. ސަލަފުން ޕާޓީއއް ހެއްދެވުން މާރަނގަޅުވާނެ. އިމްރާން ލައްވައި މިމައްސަލަ ވެއްދީ ހަރުކަށި ފިކުރާ ދެކޮޅަށް ކުރައްވާ މަސައްކަތާއި ދެކޮޅަށް.
– އަހުމަދު ހަލީމް ވިދާޅުވިއެވެ.
ރާއްޖެއަކީ ޒަމާނުއްސުރެއް އިސްލާމްދީނަށް ލޯބިކުރާ ދިވެހިން އުޅޭ ޤައުމަކަށް ވާއިރު ރާއްޖޭގައި ހަރުކަށި ފިކުރު ބޮޑުވެ، މިއަދު ރާއްޖެއާއިމެދު ދުނިޔޭގެ ބައެއް ޤައުމުތަކުން ދެކޭ ގޮތްވެސް ބަދަލުވެފައިވަކަމަށެވެ. އޭނާ ވިދާޅުވީ ސަލަފް ޖަމްއިއްޔާއިން މިއަދު ރާއްޖޭގައި މަސައްކަތް ކުރަނީ ސިޔާސީ ޕާޓީއެއްގެ ގޮތުގައިކަމަށެވެ. ޚާއްސަކޮށް ޤައުމުގައި ހިނގައި ސިޔާސީ ކަންކަމަށް ބަސްބުނެ ވަރަށް ބޮޑަށް ސަލަފް ޖަމްއިއްޔާއިން ސިޔާސީ ވެފައިވާކަމަށެވެ. މިހާލަތުގައި އެންމެ ރަނގަޅު ގޮތަކީ ސަލަފް ޖަމްއިއްޔާ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރުންކަމަށް އޭނާ ވިދާޅުވިއެވެ.
ހަލީމްވަނީ މިއަދުގެ ޖަލްސާގައި ސަލަފުގެ ވަކިވަކި ބޭފުޅުންނަށްވެސް ނުސީދާ ރައްދު ތަކެއް ދެއްވާފައެވެ. އެގޮތުން އަލީ ރަމީޒަށް އަމާޒުކޮށްވެސް އޭނާ ވަނީ ރައްދު ތަކެއް ދެއްވާފައެވެ. އޭނާ ވަނީ ވަރަށް ބޮޑަށް ސަލަފް ޖަމްއިއްޔާއަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައެވެ.
ކޮމެންޓު ފޮނުވާ