މާލެ ސިޓީގައި ރޭ ހިންގި އޮޕަރޭޝަނެއްގައި ގިނައަދަދެއްގެ ބަނގުރާ ފުޅިތަކަކާއެކު ދެ މީހުން ހައްޔަރުކޮށްފިއެވެ. މިއީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްކަމަށް ފުލުހުން ބުންޏެވެ.
އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓުން ރޭ ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ. އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ އެ މީހުން ދުއްވި ކާރު ސިނަމާލެ ބްރިޖުމަތިން ހުއްޓުވައި ބަލައި ފާސްކުރިއިރު 264 ފުޅި ބަނގުރާ ފެނުމާ ގުޅިގެންނެވެ.
ޑްރަގް އެންފޯސްމަންޓުން މި މައްސަލަދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ