ޓެކްނިކަލް މައްސަލައެއް ދިމާވެ ކަރަންޓު ކެނޑިދާނެކަމަށް ބުނެފި

ޓެކްނިކަލް މައްސަލައެއް ދިމާވެ ކަރަންޓު ކެނޑިދާނެކަމަށް ބުނެފި

Author
މުޙައްމަދު ޖިމީ
08 ޑިސެމްބަރ 2022 02:35
0

ދިމާވި ތެކްނިކަލް މައްސަލައަކާއި ގުޅިގެން މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑިދާނެކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

އެކުންފުނިން ބުނީ، ހުޅުމާލޭ އިންޖީނުގެއަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން، ހުޅުމާލެއާއި، މާލޭގެ އެކި ސަރަހައްދުތަކުން ކުރިއަށްއޮތް ބައިގަޑިއިރު ތެރޭ ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ. އަދި މިކަމުން  ދިމާވެދާނެ ދަތިތަކަށް މާފަށް އެދޭކަމަށް ބުނެފައިވެއެވެ.

ސްތެލްކޯއިން އަންނަނީ އެކުންފުނީގެ ކަރަންޓު ވިއުގަ ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ދާދިފަހުން ވަނީ ހުޅުމާލޭ ހިޔާ ފްލެޓު ސަރަހައްދުގެ މައި ކޭބަލަކަށް ގެއްލުން ލިބި އެސަރަހައްދުން ކަރަންޓު ކެނޑިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.