ތިލަފުށީގައި ހުރި އުޅަނދުތައް ނައްތާލަން އެޗްޑީސީއަށް ހުރަހެއް ނެތް

ތިލަފުށީގައި ހުރި އުޅަނދުތައް ނައްތާލަން އެޗްޑީސީއަށް ހުރަހެއް ނެތް

ކ.ތިލަފުށީ ފަޅުގައި ގިނަ ދުވަސްތަކެއް ވަންދެން އަޅާފައިވާހުރި އަދި ފަޅުތެރެއަށް ފެތިފައިވާ އުޅަނދުތައް ނަގާ ނައްތާލުމުގެ ހައްގު އެޗްޑީސީއަށް ލިބިގެންވާކަމަށް ކަނޑައަޅަންޖެހޭ ސަބަބެއް ނެތްކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ. އެ ކޯޓުން މިގޮތަށް ހުކުމް ކުރީ އެޗްޑީސީން އެ ކޯޓަށް ޢަމުރު ހޯދުމަށް ހުށައެޅި މައްސަލައަކާއި ގުޅިގެންނެވެ.

އެގޮތުން ތިލަފުށީ ފަޅުގައި ގިނަ ދުވަސްތަކެއްވަންދެން އަޅާފައިވާ އުޅަނދުތަކާއި، ފެތިވައިވާ އުޅަނދުތައް ނެގުމަށް، އެ ކޯޕަރޭޝަނުން، ފަސް ފަހަރެއްގެ މަތިން އިއުލާންކޮށްފައިވެއެވެ. ނަމަވެސް އެ އުޅަނދުތައް ނަގާފައެއް ނުވެއެވެ. އެހެންކަމުން އެ އުޅަނދުތައް ނައްތާލުމުގެ ޢަމުރަކަށް އެ ކުންފުނިން ސިވިލް ކޯޓުގައި އެދުނެވެ.  އެކުންފުނިން ކޯޓުގައި އެދުނީ އެ އުޅަނދުތައް ނަގައި، ނައްތާލުމުގެ ޢަމުރަކަށެވެ.

އެޗްޑީސީގެ މި މައްސަލައާއި ގުޅިގެން ސިވިލް ކޯޓުން ނެރުނު ޢަމުރުގައި ވަނީ، އުޅަނދު ނަގައި ނައްތާލުމުގެ ހައްގު އެޗްޑީސީއަށް ލިބިގެންވާކަން ކަނޑައަޅަންޖެހޭ ސަބަބެއް ނެތްކަމަށެވެ. އަދި އެގޮތަށް ޝަރީއަތުން ގޮތެއް ކަނޑައަޅަންޖެހޭނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް އެޗްޑީސީއަށް ދެއްކިފައިނުވާކަމަށްވެސް ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމުގައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *