މެސީގެ މޮޅު ކުޅުމާއެކު އޮސްޓްރޭލިއާ ބަލިކޮށް އާޖެންޓީނާ ކުއާރޓަރ ފައިނަލަށް

މެސީގެ މޮޅު ކުޅުމާއެކު އޮސްޓްރޭލިއާ ބަލިކޮށް އާޖެންޓީނާ ކުއާރޓަރ ފައިނަލަށް

Author
ހުސެއިން
04 ޑިސެމްބަރ 2022 05:25
0

މިހާރު ކުރިޔަށްދާ ވާރލްޑް ކަޕް ފުޓުބޯޅާ މުބާރާތުގައި އޮސްޓްރޭލިއާ 2-1 އިން ބަލިކޮށް، އާޖެންޓީނާ މުބާރާތުގެ ކުއާރޓަރ ފައިނަލަށް ދަތުރު ކޮށްފިއެވެ. ކުއާޓަރ ފައިނަލުގައި އެޓީމު ބައްދަލު ކުރުމަށް ހަމަޖެހިފައިވަނީ ރޭ 1-3 އިން އެމެރިކާ ބަލިކޮށް ކުއާރޓަރ ފައިނަލަށް ދަތުރު ކުރި ނެދަރލޭންޑާއެވެ.

ރޭ ރާއްޖޭ ގަޑިން 12:00 ގައި، ގަތަރުގެ އަހުމަދު ބިން އަލީ ސްޓޭޑިއަމްގައި، އޮސްޓްރޭލިއާއާއި ދެކޮޅަށް ކުޅެވުނު މެޗް ވެގެން ދިޔައީ އާޖެންޓީނާއަށް އެތައް ގޮތަކުން ޚާއްސަ މެޗަކަށެވެ. ސަބަބަކީ މި މެޗަކީ އާޖެންޓީނާގެ ފުޓްބޯޅަ ތަރި މެސީ ވޯލްޑްކަޕް ޖެހި 9 ވަނަ ގޯލް އޭނާ ސްކޯ ކުރި މެޗަށް ވެގެން ދިއުމެވެ. ނަތީޖާއެއްގެ ގޮތުން މެސީ ވާރލްޑް ކަޕް ގައި ސްކޯ ކުރި ގޯލުގެ އަދަދު ވަނީ، ދުނިޔޭގެ އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ކަމުގައިވާ އާޖެންޓީނާގެ ޑީއޭގޯ މަރަޑޯނާއަށްވުރެ އެއް ގޯލު ކުރީގައެވެ.

އަދި މިމެޗެ ވެގެން ދިޔައީ މެސީގެ ފުޓު ބޯޅައިގެ ހަޔާތުގައި އޭނާ ކުޅުނު 1000 ވަނަ މެޗަ ކަމުގައެވެ.

މިމެޗްގައި އެންމެ ފުރަތަމަ ސްކޯ ކޮށްފައިވަނީވެސް އާޖެންޓީނާއެވެ. މެޗްގެ 35ވަނަ މިނިޓްގައި އާޖެންޓީނާއަށް ގޯލް ޖަހާދިނީވެސް ލިއޮނެލް މެސީއެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން މެޗްގެ ދެވަނަ ގޯލް އާޖެންޓީނާއަށް ސްކޯ ކޮށްދިނީ އެ ޓީމުގެ ޖޫލިއަން އަލްވާރެޒްއެވެ. އޮސްޓްރޭލިއާއަށް މެޗްގައި ސްކޯ ކުރެވުނު ހަމައެކަނި ގޯލް ސްކޯ ކުރެވުނީ މެޗްގެ 77 ވަނަ މިނިޓްގައި، އާޖެންޓީނާގެ މިޑް ފީލްޑަރ އެންޒޯ ފެނާންޑޭޒް ކަޓުވާލުމަށްފަހު އޮސްޓްރޭލިއާގެ ކްރެއިޖް ގުޑްވިން ބޯޅަ އާޖެންޓީނާގެ ގޯލްގެ ދާގަޑަށް ފޮނުވާލައިގެންނެވެ.

މިމެޗްގައި އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ މަތަ ކުރުމަށް އޮސްޓްރެލިއާގެ ޑިފެންޑަރުން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، އޭނާވަނީ މިމެޗްގައި މޮޅު ކުޅުމެއް ދައްކާފައެވެ.

ވާލްޑް ކަޕް ނޮކްއައުޓު ސްޓޭޖުގައި ރޭ ކުޅެވުނު ފުރަތަމަ މެޗްގައި ބައްދަލުކުރީ އެމެރިކާއައި ނެދަރލޭންޑެވެ. މިމެޗް 1-3 އިން އެމެރިކާ ބަލިކޮށް، ނެދަރލޭންޑްވަނީ ކުއާޓަރ ފައިނަލަށް ދަތުރު ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.