ސަރުކާރަށް 4 އަހަރު ވެގެންދިޔައިރު މާލޭގެ ރައްޔިތުން ބާކީކޮށްފައިވާކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ ޢަބްދުﷲ އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށާއި ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.
ބަޖެޓު ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން އީވާ ވިދާޅުވީ، ސަރުކާރަށް ފާޑުކިޔާ ކޮންމެ މީހަކަށް ހަސަވެރިވާކަަމަށް ސަރުކާރުން ބުނާކަމަށެވެ. ސަރުކާރުގެ މައްސަލަ ހުރިކަމަށް ބުނާ ކޮންމެ މީހަކާއި ދިމާލަށް ސަރުކާރުން ތުހުމަތުކުރަނީ ހަސަދަވެރިއެއްގެ ގޮތުގަކަމަށެވެ.
4 އަހަރު ނިމުނުއިރު މިސަރުކާރުން މާލޭ ރައްޔިތަކަށް ފޯރުކޮށްދިން ބޯހިޔާވަހިކަމެއް ނެތްކަމަށާއި، 4 އަހަރު އަހަރުން ނުކުރެވުނީމައި އޭގެ މާނައަކީ މާލޭގެ އެންމެ އަާސީ އެންމެ ބޭނުންވާ ކަންކަން ސަރުކާރުގެ ތަރުތީބުގެ ލިސްޓުގެ އެންމެ ފަހަތުގައި އޮތްކަމަށެވެ.
އެވަރަށް މާލެ ބާކީކޮށްފައި އެބުނަނީ މާލެއާއި ނުލައި ވެރިކަން ކުރާށޭ މިއުޅެނީ. ކުޑަރަށެއް ބޮޑު ރަށެއް ތަފާތުނުކުރާކަމަށް ބުނަންޏާ މާލެއަށްވެސް ބޯހިޔާވަހިކަން ފޯރުކޮށްދޭންޖެހޭނެ.
– އީވާ ވިދާޅުވިއެވެ.
އުއްމީދަކީ ބަނދަރެއް އެކަންޏެއް ނޫން. "ބނދަރަކީ ޒަރޫރީ ހައްގެއް."
MDPގެ އެހެން ވައުދުތައްވެސް ފުއްދަވާ:
-ބޯހިޔާވަހިކަން ދިނުން،
-ކޮރަޕްޝަން ބެލުން،
-ރިލްވާން/ޔާމީން އަށް އިންސާފު ހޯދުން، -މަސްވެރިންނަށް ވީ ވައުދު ފުއްދުން…ބަނދަރަކާ ހިސާބުން އެކަނި އުއްމީދު ނިންމާނުލައްވާ! pic.twitter.com/Hr9GQOyYtj
— Eva Abdulla
(@evattey) November 23, 2022
އީވާ މިހެން ވިދާލުވެފައިވާއިރު، ސަރުކާރުންވަނީ މާލޭގެ ރައްޔިތުންނަށް ޚާއްޞަކޮށްގެން 4000 ފްލެޓާއި 3000 ގޯތި ދޫކުރުމަށް ނިންމާފައެވެ. އަދިއެ ސްކީމްތަކަށް އެޕްލައިކުރުންވެސް މިހާރު ވަނީ ބަންދުކޮށް ފައިނަލް ލިސްޓު ހެދުމުގެ މަސައްކަތްފަށާފައިވާކަމަށެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓު މަރުހަލާގައި އެމްޑީޕީގެ ރައީސް ނަޝިދު ފެކްޝަނުގެ މެންބަރުން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށައަޅަފައިވަނީ 42.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް ދިރާސާކޮށް ނިންމި އިރު އެއަދަދު ވަނީ 42.8އަށް އިތުރުވެފައެވެ.
ބަޖެޓު އަންނަ ހޯމަދުވަހު ފާސްކުރުމަށް މަސައްކަތްކުރެއްވާކަމަށް މަޖިލީހުގެ ރައީސް ވަނީ ވިދާޅުވެފައެވެ.