އެކްޓަރުންނަށް މާބޮޑަށް ކްރެޑިޓެއް ދިނުން ހައްގުނޫން ކަމަށް ޕްރިޔަންކާ ބުނެފި

އެކްޓަރުންނަށް މާބޮޑަށް ކްރެޑިޓެއް ދިނުން ހައްގުނޫން ކަމަށް ޕްރިޔަންކާ ބުނެފި

Author
ފާތިމަތު ނާވީ
20 ނޮވެމްބަރ 2022 08:31
0

ފިލްމު ކުޅޭ މީހުންނަށް ދެވޭ ކްރެޑިޓް މާ ބޮޑު ކަމަށާއި ހައްގު ނުވާ މިންވަރަށް ކްރެޑިޓް ދެވޭ ކަމަށް ގަބޫލު ވެސް ކުރެވޭ ކަމަށް މަޝްހޫރު ބޮލީވުޑް އަދި ހޮލީވުޑް ބަތަލާ ޕްރިޔަންކާ ޗޯޕްޅާ ބުނެފި އެވެ.

2003 ވަނަ އަހަރު ބޮލީވުޑަށް ތައާރަފްވި ބަތަލާ ޕްރިޔަންކާ ޗޯޕްޅާ އަކީ އޭނާގެ ކެރިއަރުގައި ވަރަށް ބޮޑު ކުރިއެރުމެއް ހޯދާފައިވާ ބަތަލާއެކެވެ. ބޮލީވުޑްގެ އިތުރުން ހޮލީވުޑް މަޝްރޫއުތަކުގައިވެސް ޕްރިޔަންކާ ވަނީ މަސައްކަތް ކުރަން ފަށާފައެވެ. އޭގެތެރޭގައި "ކުއަންޓިކޯ" ސީރީޒް، އަދި ސައިންސް ފިކްޝަން ފިލްމު "ދަ މެޓްރިކްސް" ފަދަ ފިލްމުތައް ހިމެނެއެވެ. ޕްރިޔަންކާ އެންމެ އަވަހަށް ދެން ފެންނާނީ ރޫސޯ ބްރަދާސް އިން ޕްރޮޑިއުސްކުރާ "ސިޓަޑެލް" އިންނެވެ.

 

View this post on Instagram

 

A post shared by Priyanka (@priyankachopra)

40 އަހަރުގެ ބަތަލާ ދިން އިންޓަވިއުއެއްގައި ބުނީ ހަގީގަތުގައި ފިލްމު ކުޅޭ މީހުންނަށް ވުރެ މުހިއްމު ބޮޑެތ ިމަސައްކަތްތައް ކުރަނީ ކެމެރާގެ ފަހަތުގައި އެކި ޑިޕާޓްމަންޓްތަކުގައި މަސައްކަތްކުރާ މީހުން ކަމަށް ބުންޏެވެ. އޭނާ ބުނިގޮތުގައި ދުނިޔޭގެ އެންމެ ބޮޑެތި ޕްރޮޑިއުސަރުންނާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބުމުން އޭނާ އަށް ދަސްވީ މޮޅު އެކްޓަރަކަށް ވާން ކަމަށެވެ. އެކްޓަރުންނަކީ ހަމައެކަނި ލިޔެފައި އޮންނަ ސްކްރިޕްޓާއި އެއްގޮތަށް މަސައްކަތްކުރާ ބަޔަކަށްވާއިރު އެކްޓަރުންނަށް މާ ބޮޑު ކްރެޑިޓެއް ދޭކަށް ނުޖެހެއެވެ.

 

View this post on Instagram

 

A post shared by Priyanka (@priyankachopra)

އޭނަ ބުނި ގޮތުގައި ފިލްމުތަކުން ފެންނަ ކޮސްޓިއުމާއި މޭކަޕާއި ނެށުންތަކާއި ލަވަތަކާއި މިއީ ހުސް އެހެން މީހުންގެ މަސައްކަތްތަކެވެ. އަދި އެކްޓަރުން ވާހަކަ ދައްކަނީ އެހެން މީހަކު ބުނާ ގޮތަށް ކަމަށާއި، ލިޕްސިންގ ހަދަނީ އެހެން މީހަކު ކިޔާފައިވާ ލަވަޔަކަށް ކަމަށާއި، ނަށަނީ ކޮރިއޯގްރާފަރުން ބުނާ ސްޓެޕް ތަކަކަށް ކަމަށްވެސް އޭނާ ވަނީ ބުނެފައިއެވެ.

 

View this post on Instagram

 

A post shared by Priyanka (@priyankachopra)

2003 ވަނަ އަހަރު ދެއްކި "ލަވް ސްޓޯރީ އޮފް އަ ސްޕައި" އިން ބޮލީވުޑަށް ތަޢާރަފުވި ޕްރިޔަންކާއަކީ ރީތި އެތައް ފިލްމެއް ބެލުންތެރިންނަށް ގެނެސްދީފައިވާ ބަތަލާއެކެވެ. ޕްރިޔަންކާ ދެން އެންމެ އަވަހަށް ފެންނާނީ ރުސޯ ބްރަދާސް އިން ޕްރޮޑިއުސްކުރާ "ސިޓަޑެލް" އިންނެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.