އިނގިރޭސި ލީގުގައި ވާދަވެރި މެންޗެސްޓަރ ސިޓީ ބަލިކޮށް ޓޮޓްނަމުން ލީގުގެ އެއްވަނައަށް ޖެހިލައިފިއެވެ.
ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ޓޮޓަނަމުން ކުރި ހޯދީ 2-0 ލަނޑުންނެވެ. މެޗުގައި ފަސްވަނަ މިނިޓުގައި ޓޮޓްނަމްގެ ސަން ލަނޑެއްޖަހައި ލީޑްނަގައިފަ ވަނިކޮށް ސިޓީން ވަނީ ފުރަތަމަހާފް ނިމުމުގެ ކުރިން ނަތީޖާ ހަމަހަމަކުރުން ލަނޑެއް ޖަހައިފައެވެ. އެހެންނަމަވެސް އެމްރިކް ލަޕޯޓޭ ބޯޅަ ގޯލަށް ވައްދާލުމުގެ ކުރިން ޖެސުސް އަތުގައި ބޯޅައިޖެހުމުން ވީއޭއާރް ބެލުމަށްފަހު ރެފްރީ ވަނީ ލަނޑު ކެންސަލްކޮށްފައެވެ.
ޓޮޓްނަމުން ލީޑު އިތުރަށް ފުޅާކުރީ މެޗުގެ 64 ވަނަ މިނިޓުގައި ބަދަލުކުޅުންތެރިޔެއްގެ ކުޅެން ނުކުތް ޖިއޮވާނީ ލޮސެލްސޯ ކާމިޔާބުކުރި ލަނޑުންނެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ ކުޅެންއެރިތާ 35 ސިކުންތުތެރޭގައިއެވެ. މެޗުގައި ސިޓީން ވަނީ ގިނަ ހަމަލަތާކެއް ޓޮޓްނަމްގެ ގޯލަށް އަމާޒުކޮށް ފޮނުވާލާފައެވެ. އޭގެ ބަދަލު މެޗުގައި ޓޮޓްނަމުން ލިބުނު މަދު ފުރުސަތަތަކުގެ ބޭނުންހިފާ އެޓީމުން ވަނީ ސިޓީގެ މައްޗަށް ކާމިޔާބު ހޯދާފައެވެ.
ރޭގަ މެޗުގައި ޖެހިލަނޑާއެކު ސަންވަނީ ލީގުގައި ކުޅުނު 9 މެޗުން 9 ލަނޑުޖަހާ ލަނޑު ލިސްޓުގެ ކުރިޔަށްޖެހިލާފައެވެ. މިއީ 2014 ވަނައަހަރު ފަހުން ލީގުގެ އެއްދުވަހުގެ ކުޅުންނިމެގެންދިޔައިރު ޓޮޓްނަމުން އެއްވަނައިގަ ނިންމާލި ފުރަތަމަފަހަރުއެވެ. މިއީ ވޭތުވެދިޔަ 35 އަހަރުތެރޭގައި 9 މެޗުން ލީގުގެ އެއްވަނައަށް ޓޮޓްނަމުން އެރިފުރަތަމަފަހަރުއެވެ. ލީގުގެ 2008 ވަނައަހަރުގެ ސީޒަނުގައި ފަހުން މިއީ މިހާހަމަޔަށް ލީގުގައި މެންޗެސްޓަރ ސިޓީ ދިޔަ ފުރަތަމަފަހަރުއެވެ.
މި މޮޅާއެކު ޓޮޓްނަމުން ލީގުގެ އެއްވަނައިގަ އޮތީ 9 މެޗުން 20 ޕޮއިންޓް ހޯދައިގެންނެވެ. މެންޗެސްޓަރ ސިޓީ 11 ވަނައިގަ އޮތީ 8 މެޗުން 12 ޕޮއިންޓް ހޯދައިގެންނެވެ.