މިސީޒަންގައި ލީގު ކާމިޔާބު ކުރެވިއްޖެނަމަ ވެގެންދާނީ ވަރަށް ބޮޑު ކާމިޔާބަކަށް ކަމަށާއި އެއީ މިހާ ވާދަވެރި ސީޒަނެއްގައި އެހާ އުނދަގުލުން ކާމިޔާބު ކުރެވިއްޖެ ނަމަ މިދިޔަ ސީޒަނަށް ވުރެވެސް ހާއްސަވާނެ ކަމަށް ލިވަޕޫލްގެ ކޯޗު ޔާގަން ކުލޮޕް ބުނެފިއެވެ.
އިނގިރޭސިލީގުގެ ތައްޓަށް ވާދަކުރާ އަށްޓީމެއް ލީގުގައި މިސީޒަންގައި ވާދަކުރަމުންދާކަމަށް ހުސްވި ސީޒަންގައި ލިވަޕޫލްއަށް ލީގުގެ ތަށި ހޯދައިދިން ކޯޗު ކުލޮޕް ވަނީ ބުނެފައެވެ. މިސީޒަނުގައި ލީގު މިދިޔަސީޒަނާ އަޅާބަލާއިރު ވަރުގަދަކަމަށާއި ޓީމުތަކުން ވަރަށް ރަނގަޅަށް ކުޅުންތެރިން ހޯދާ ތައްޔާރުވިކަމަށް ކުލޮޕް ބުނެފައިއެވެ.
އަހަރުމެންނަށް މިފަހަރު ހާލަތު މިދިމާވީ ވަރަށް ނަސީބުދެރަކޮށް، އަނިޔާގެ މައްސަލަތުކުންނާއި ލީގުގައި އޮތް ބޮޑުވާދަވެރި ކަމުގެތެރެއިން މިފަހަރު ތަށި ކާމިޔާބުކުރެވިއްޖެ ނަމަ އެވާނީ ހާސިލްކުރެވޭނެ ވަރަށް ބޮޑު ކާމިޔާބަކަށް.
– ލިވަޕޫލްގެ ކޯޗު ކުލޮޕް ބުނެފައިއެވެ.
ކުލޮޕް ބުނީ ލީގަށް ވާދަކުރާ ރޭސް އޭނާއަށް ފެންނަނީ ހުޅުވާލެވިފައިވާ ރޭހެއްގެ ގޮތުގައި ކަމަށާއި މިހާ ގިނަ ޓީމުތަކެއް ލީގުތައްޓަށް ވާދަކުރުމަކީ އެނާއަށް އެއްވެސް މައްސަލައެއް ނޫންކަމަށާއި މާބޮޑު ޕްރެޝަރެއް ވެސް ނޫންކަމަށެވެ. އެނާ ބުނީ ހާލުތު މި ސީޒަނުގައި ލިވަޕޫލްއަށް ކުރިމަތިވެފަމިވަނީ ވަރަށް ބަދުނަސީބުކޮއް ކަމަށާއި ޓީމަށް އަނިޔާގެ ހިޔަނި އެޅިފަވުމުން މިދިޔަ ސީޒަންގެ ކާމިޔާބީ ތަކުރާކުރަން ބޮޑު ގޮންޖެހުމަކާ ކުރިމަތިވެފައި ވާކަމަށެވެ. ކުލޮޕް ބުނީ ލީގުގެ ފެށުން އޭނާގެ ނަޒުރުގައި ލިވަޕޫލްއަށް ގޯސްނޫންކަމަށެވެ.
ލީގުގައަ މާދަމާރޭ ލިވަޕޫލް ނުކުންނާއި ލެސްޓަރ ސިޓީއާ ދެކޮޅަށެވެ.
ކޮމެންޓު ފޮނުވާ