ޔުނައިޓެޑް ޢަރަބް އެމިރޭޓްސްގެ އަބޫ ދާބީ 8 ވަނަ ޕީސް ފޯރަމްގައި ބައިވެރިވެވަޑައިގެންނެވުމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ފުރާވަޑައިގެންފިއެވެ.
މިއީ ޔުނައިޓެޑް ޢަރަބް އެމިރޭޓްސްގެ މިނިސްޓަރ އޮފް ފޮރިންގ އެފެއާޒް އެންޑް އިންޓަރނޭޝަނަލް، އައްޝައިޚް ޒަޔެދް އަލް ނަޙްޔާންގެ ބެއްލެވުމުގެ ދަށުން 2022 ނޮވެންބަރު 8 އިން 10 އަށް ކުރިއަށްދާ ފޯރަމެކެވެ. މި ފޯރަމްގެ އިސްކަމެއް ދޭނީ ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމާއި ސުލްހަ ކަށަވަރުކޮށްދިނުމެވެ.
އަބޫދާބީގައި އޮންނަ ޕީސްފޯރަމްގައި ބައިވެރިވެ ވަޑައިގަތުމައްޓަކައި އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ޢަލީ ފުރައިވަޑައިގަތުން
07 ނޮވެންބަރު 2022#MVIaffairs pic.twitter.com/CR4HfuLzNK— Ministry of Islamic Affairs (@MVIaffairs) November 7, 2022
މި ފޯރަމްގެ މަސައްކަތް މައިގަނޑު ގޮތެއްގައި އަމާޒުކުރެވިފައިވަނީ މުސްލިމް މުޖުތަމަޢުތަކުގައި ދެމެހެއްޓެނިވި ގޮތެއްގައި އަމާންކަމާއި ސުލްހަ ޤާއިމްކުރުމަށާއި ހަރުކަށި ވާހަކަތަކާއި ދީންތަކުގެ މެދުގައި އުފެދޭ ކޯޅުންތަކަށް އެކި ދީންތަކުގެ ފަރާތްތައް ބައްދަލުވެ އެއްބަސްވުމަކަށް އައިސް ހައްލެއް ހޯދުމަށެވެ.