މަވޯޓާ ޝަރީފްގެ މަންމައާއި، އާއިލާގެ 7 މެމްބަރަކު ޕީޕީއެމްއަށް

މަވޯޓާ ޝަރީފްގެ މަންމައާއި، އާއިލާގެ 7 މެމްބަރަކު ޕީޕީއެމްއަށް

Author
މުޙައްމަދު ޝަޒައިމް
07 ނޮވެމްބަރ 2022 07:30
0

ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ޝަރީފްގެ މަންމައާއި، އާއިލާގެ އިތުރު 7 މެމްބަރަކު އިދިކޮޅު ޕީޕީއެމްއާއި ގުޅިއްޖެއެވެ.

ޕީޕީއެމްއާއި ސޮއިކުރުމަށްފަހު މެމްބަރު ޝަރީފްގެ އާއިލާގެ ބޭފުޅުން ފޯމު ހަވާލު ކުރެއްވީ ޕީޕީއެމްގެ ރައީސް ޔާމީނާއެވެ. ރައީސް ޔާމީން އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުން ގެންދާ ދަތުރުފުޅުގައި މިއަދު ވަނީ އައްޑޫ ސިޓީ މަރަދޫ އަށް ވަދައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި ރައްޔިތުންގެ ކަންބޮޑުވުންތައް އަޑު އައްސަވާފައެވެ.

މިދަތުރުފުޅުގައި އައްޑޫ ސިޓީގެ އެކި ރައްތަކުން ގިނަ ބަޔަކު ދަނީ ޕީޕީއެމްއާއި ގުޅެމުންނެވެ. ރައީސް ޔާމީންގެ މިދަތުރުފުޅަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ. ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ މިދަތުފުޅުގައި ރައީސް ޔާމީން އައްޑޫ ސިޓީގެ ހުރިހާ ރަށަކަށް ވަޑައިގަންނަވާނެ ކަމަށެވެ. މިދަތުރުފުޅުގައި އައްޑޫ ސިޓީގެ ރައްޔިތުންނާއި ބައްދަލުކުރައްވާނެކަމަށް ހީނާ ވިދާޅުވިއެވެ.

މިދަތުރުގެ ބޭނުމަކީ އައްޑޫ ރައްޔިތުންގެ އަޑު އަހައި، ރައްޔިތުން ބޭނުންވާކަންކަން އޮޅުންފިލުގައި އެކަންކަމަށް ރައީސް ޔާމީންގެ ތަސައްވަރު ހިއްސާ ކުރުންކަމަށްވެސް ހީނާ ވިދާޅުވިއެވެ. ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން ރަސްމީކޮށް އިއުލާން ކުރެއްވުމަށްފަހު ރައީސް ޔާމީން ގެންދަވަނީ އަތޮޅު ތެރޭގެ ރަށްތަކަށް ވަޑައިގަންނަވަމުންނެވެ. މިދަތުރުތަކުގައި އެޕާޓީގެ މެނިފެސްޓޯ ތައްޔާރު ކުރުމަށް ބޭނުންވާ މައުލޫމާތުވެސް ދަނީ އެއްކުރަމުންނެވެ.

ޕީޕީއެމުން ވަނީ ރިޔާސީ ޓިކެޓުވެސް ރައީސް ޔާމީނާއި ހަވާލުކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.