ނިއުކާސަލް ބަލިކޮށް ޗެލްސީ އެއްވަނައަށް

ނިއުކާސަލް ބަލިކޮށް ޗެލްސީ އެއްވަނައަށް

ގުޅުންހުރި

އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ރަށުން ބޭރުގައި 2-0 އިން ނިއުކާސަލް ޔުނައިޓެޑް ބަލިކޮށް ޗެލްސީ ލީގު ތާވަލުގެ އެއް ވަނަ އަށް އަރައިފަ އެވެ.

ޗެލްސީ އިން ވަނީ މެޗުގައި މޮޅު ކުޅުމެއް ދައްކައިފައެވެ. މެޗުގެ ކުރީކޮޅު އެޓީމަށް ލީޑު ލިބުނީ ނިއުކާސަލްގެ ފެޑެރިކޯ ފެނާންޑޭޒް އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. މިއީ 2014 ސެޕްޓެމްބަރު މަހު ޕްރިމިއާ ލީގުގައި ކުޅެން ފެށި ފެނާންޑޭޒް އަތުން ބައިކޮޅަށް ވަން ފަސް ވަނަ ލަނޑެވެ.

ޗެލްސީގެ ދެ ވަނަ ލަނޑު ދެ ވަނަ ހާފުގައި ކާމިޔާބުކޮށްދިނީ ވާނާގެ ބުރަ މަސައްކަތުން ޓަމީ އަބްރަހަމް އެވެ. މިއީ މިދިޔަ ސީޒަން ފެށިފަހުން އަބްރަހަމް ހުރިހާ މުބާރާތެއްގައި ޗެލްސީ އަށް ކާމިޔާބުކޮށްދިން 23 ވަނަ ލަނޑެވެ. މިއީ ހުރިހާ މުބާރާތެއްގައި ޗެލްސީ ޖެހިޖެހިގެން މޮޅުވި ފަސް ވަނަ މެޗެވެ. އަދި އެންމެ ފަހުން ކުޅުނު 12 މެޗުން އެޓީމު ބަލިވެފައެއްނުވެ އެވެ.

ޗެލްސީ އެއް ވަނަ އަށް އެރީ ދެ ވަނައިގައި އޮތް ލެސްޓާ ސިޓީއާ އެއްވަރަށް 18 ޕޮއިންޓް ހޯދައި ގޯލުގެ ތަފާތުން ކުރި ހޯދައިގެންނެވެ. ނުވަ މެޗުން ޗެލްސީ އިން 18 ޕޮއިންޓް ހޯދިއިރު ލެސްޓާ އިން 18 ޕޮއިންޓް ހަމަކޮށްފައިވަނީ އަށް މެޗުންނެވެ. ލެސްޓާ މާދަމާރޭ ނުކުންނާނީ ލިވަޕޫލްއާ ދެކޮޅަށެވެ. ނުވަ މެޗުން ލިބުނު 11 ޕޮއިންޓާ އެކު ނިއުކާސަލް މިހާރު އޮތީ 13 ވަނައިގަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *