ހުޅުމާލެއިން ކަރަންޓު ކެނޑިދާނެ – ސްޓެލްކޯ

ހުޅުމާލެއިން ކަރަންޓު ކެނޑިދާނެ – ސްޓެލްކޯ

Author
ޢަލީ އާދަމް
05 ނޮވެމްބަރ 2022 07:45
0

މިއަދު ހެނދުނު 9:00އިން ފެށިގެން 12:00އާ ހަމައަށް ހުޅުމާލޭގެ ބައެއް ސަރަޙައްދުތަކުން ކަރަންޓު ކެނޑިދާނެކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

އެކުންފުނިން މިއަދު ކުރި ޓްވީޓެއްގައި ވަނީ އެކުންފުނީގެ ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑް ކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް ހުޅުމާލެ ރެޑްބުލްޕަރކް ސަރަހައްދުން ޗަންބޭލީމަގު ގޯޅި،ނިރޮޅުމަގު، ކެލާމަގުގެ އިތުރުން، ކާނިމަގުން މިއަދު ހެނދުނު 9:00 އިން 12:00 އަށް ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ.

މިގަޑިތަށް މިހެން ބަޔާންކޮށްފައިވީނަމަވެސް، މަސައްކަތް ނިމުނުހާ އަވަހަކަށް އަލުން ކަރަންޓު ދޭނެކަމަށް ސްޓެލްކޯއިން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.