ނަތަންޔާހޫ އަނެއްކާވެސް އެބުރި އިސްރާއީލުގެ ވެރިކަމަށް!

ނަތަންޔާހޫ އަނެއްކާވެސް އެބުރި އިސްރާއީލުގެ ވެރިކަމަށް!

އިސްރާއީލުގައި ކުރިޔަށް ގާނޫނުހަދާ މަޖިލިހުގެ އިންތިޚާބުގައި، ކަނާތުފިޔައިގެ ޕާޓީތަކާއެކު ބޮޑު ކާމިޔާބެއް ހޯއްދަވައިގެން އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ އަނެއްކާވެސް ވަޑައިގަންނަވާނޭކަމަށް އިއުލާން ކުރެވެމުންދާ އިންތިޚާބުގެ ނަތީޖާތަކުން ދައްކަން ފަށައިފިއެވެ.

މިހާތަނަށް މިއިންތިޚާބުގެ %86 ވޯޓު ގުނާ ނިމިފައިވާއިރު، 120 ގޮޑީގެ މައްޗަށް އެކުކެވިގެންގާ ކްނެސެޓްގައި ނަތަންޔާހޫއަށް ތާއީދުކުރާ ބްލޮކްއިން 65 ގޮނޑި ކާމިޔާބު ކުރާނޭކަމަށް ވަނީ ބެލެވިފައެވެ.

"އަހަރެމެންނަށް ބޮޑު ކާމިޔާބެއް ލިބިގެންދާނެ،" ފަލަސްތީނުގެ ޖެރޫސެލަމްގައި އޭނާއަށް ތާއީދުކުރާ ފަރާތްތަކާއި މުޚާތަބްކޮށް ވާހަކަ ދައްކަވަމުން ނަތަންޔާހޫ ވިދާޅުވެފައި ވެއެވެ.

އެހެންނަމަވެސް ނަތީޖާތައް ދައްކާގޮތުން ބޮޑުވަޒީރުކަމަށް ވަޑައިގަތުމަށްޓަކާ، އަލްޓްރާ ނޭޝަނަލިސްޓިކް ރެލިޖަސް ޒަޔަނިސްޓް ޕާޓީއާއެކީ ކޯލިޝަން ހައްދަވަން ނަތަންޔާހޫއަށް ޖެހިވަޑައިގަންނަވާނެއެވެ. އެ ޕާޓީގެ ލީޑަރުން ކަމުގައިވާ އިޓަމަރު ބެން ވީރުއާއި، ބެޒްލެލް ސްމޯރިޗްއަކީ އަރަބިންނާއި ދެކޮޅަށް އެމީހުން ދައްކާ ވާހަކަތަކުން މަޝްހޫރުކަން ލިބިފައިވާ ފަރާތްތަކެކެވެ.

އަދި މިމީހުންނަކީ "ވަފާތެރި" ނޫން ސިޔާސީ ފަރާތްތަކާއި އާންމުންވެސް އިސްރާއީލުން ޑީޕޯޓު ކުރުމަށް ވަކާލާތު ކުރަމުންދާ ފަރާތްތަކެވެ.

އިންތިޚާބުގެ އެންމެ ފުރަތަމަ ނަތީޖާތައް އަންގާރަ ދުވަހުގެ ރޭ އާންމުވުމަށްފަހު ޒަޔަނިސްޓް ހައްދު ފަހަނައަޅާފައިވާ ދީނީ ޕާޓީތަކަށް ތާއީދުކުރާ ފަރާތްކުންވަނީ ފަލަސްތީނުގެ އަވަށެއް ކަމުގައިވާ ޝެއިޚް ޖައްރާގައި ފަލަސްތީނުގެ ސަރަހައްދުތަކަށް ގާ އުކާ ހަދާފައެވެ.

އިސްރާއީލުގެ ޓެލްއަވީވްގައި އޭނާގެ ޕާޓީގެ ކޭމްޕުގައި ވާހަކަ ދައްކަވަމުން މިހާރުގެ ބޮޑުވަޒީރު ޔައިރު ލަޕިޑް އޭނާއަށް ތާއީދުކުރާ ފަރާތްތަކާއި ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ ނަތީޖާ ނިމިފައި ނުވާކަމަށާއި، އޭނާގެ، ވާތުފިޔައި މެދުމިނަށް ތާއީދުކުރާ ޔެޝް އަޓިޑް ޕާޓީން މަޑުކުރަމުންދަނީ އެންމެ ފަހުގެ ނަތީޖާއަށް ކަމުގައެވެ.

އުމުރުން 73 އަހަރުގެ ނަތަންޔާހޫއަކީ އިސްރާއީލުގައި އެންމެ ދިގު މުއްދަތަކަށް ބޮޑުވަޒީރުކަން ކުރައްވާފައިވާ ބޭފުޅާއެވެ. އަދި އޭނާގެ މައްޗަށް ކުރެވިފައިވާ ކޮރަޕްޝަންގެ ތުހުމަތުތަކާއި ގުޅޭ ޝަރީއަތްތައް މިހާރުވެސް ދަނީ ކުރިޔަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *