ޗާގޯސްގެ މައްސަލާގައި ސިޔާސީ ކުޅިގަޑު ކުޅެނީ 2023 އަތު ނުޖެހޭނެކަން ޔަގީންވީމަ ހުރިހާ ކާރޑެއް ހުސްވެގެން ކަމަށާއި، ރައީސް ސާލިހަކީ ރާއްޖޭގެ ބިމުން ކުޑަ އިންޗިއެއްވެސް ދޫކުރާނެ ރައީސެއް ނޫންކަމުގައި ޓްރާންސްޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ސައުދުﷲ އަހުމަދު ވިދާޅުވެއްޖެއެވެ.
ސައުދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް އިބުރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގައި މިރާއްޖެވަނީ ދުނިޔޭގެ އެކުވެރިއަކަށް ވެފައި ކަމުގައެވެ.
Chargos Mahsala nagaigen siyaasee kulhi gadu kulhenee 2023 athu nujeheyne kan Yaqeen v ma hurihaa card eh husve enme fahu card akee chargos.Raees @ibusolih akee rajjeyge bimun adhi kadun inchi ehves dhoo kuraane Raees eh noon.@ibusolih verikamuga mi rajje vanee dhuniyege 1/2
— Saudulla Ahmed (@saudullaahmed1) November 1, 2022
އަދި ރާއްޖެއަކީ މިހާރު ގައުމުތަކުން ބަލައިގަންނަ އިހުތިރާމް ލިބިފައިވާ ގައުމަކަށް ވެފައިވާކަމަށް ވިދާޅުވަމުން ސައުދު ވިދާޅުވެފައިވަނީ ޗާގޮސްގެ މައްސަލަ ނަގައިގެން އުޅެނީ ކުޅޭނެ ސިޔާސީ ކާރޑު ހުސްވެ ބަލިވާތަން ފެނުމުން ގޮތް ހުސްވެ މާޔޫސްކަން ފިލުވޭނެ ގޮތެއް ހޯދުމަށް ކަމަށެވެ.
ސަރުކާރުން ވަނީ މީގެ ކުރިން ސަމަހައްޓަމުން އައި ސިޔާސަތު ބަދަލުކޮށް، ޗާގޮސް (ފޯޅަވަހި)އަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ބަލައިގަތުމަށް ނިންމާފައެވެ. އަދި އެގޮތަށް ނިންމީ، ރާއްޖޭގެ ކަނޑުން ޗާގޮސްގެ ކަނޑާއި ފުށުއަރާބައި މޮރިޝަސްއަށް ދޫކޮށްލުމަށް ނޫންކަމަށްވެސް ސަރުކާރުން ވިދާޅުވެފައި ވެއެވެ. އަދި މިކަން މޮރިޝަސްއަށް އަންގާފައިވާނޭކަމަށްވެސް ސަރުކާރުން ވިދާޅުވެފައި ވެއެވެ.
އެހެންނަމަވެސް އިދިކޮޅު ފަރާތްތަކާއި އެމްޑީޕީގެ ރައީސް ނަޝީދު ފެކްޝަނަށް ތާއީދުކުރާ ފަރާތްތަކުން ބުނަމުންދަނީ ސަރުކާރުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބޭރުގެ ގައުމަކަށް ވިއްކާލާފައި ވާކަމުގައެވެ.
ކޮމެންޓު ފޮނުވާ