2018 ވަނަ އަހރުގައި ލަވަކިއުންތެރިއާ/ އެކްޓަރު ނިކް ޖޯނަސް އާއި ކައިވެނި ކުރިފަހުން ބޮލީވުޑް އަދި ހޮލިވުޑްގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާ އުޅެމުން އަންނަނީ އެމެރިކާ ގެ ލޮސްއެންޖެލިސްގައިއެވެ.
ދާދިފަހުން ސަރޮގޭޓް ކޮންގެން ދަރިއެއް ވެސް ލިބިފައިވާ ބަތަލާ 3 އަހަރެއްހައި ދުވަސް ފަހުން އެނބުރި ގައުމަށް ދާން ފުރައިފިއެވެ. މި ދަތުރުގައި އޭނާގެ އިތުރުން އޭނާގެ ދަރިފުޅު މާލްތީ މެރީ ޗޯޕްރާވެސް ބައިވެރިވެއެވެ. މީ މާލްތީ އިންޑިއާއަށް ކުރާ ފުރަތަމ ދަތުރެވެ.
އިންސްޓްގާމްގެ ސްޓޯރީގައި އޭނާ ވަނީ 3 އަހަރެއްހައި ދުވަސް ފަހުން އެބުރި ގައުމަށް ދާކަމަށް ބުނެ ބޯޑީން ފާހެއްގެ ފޮޓޯވެސް ހިއްސާ ކޮށްފައިއެވެ.

އެންމެ ފަހުން ޕްރިޔަންކާ އިންޑިއާއަށް ގޮސްފައިވަނީ 2019 އަހަރުގައި އެވެ. އެއީ އެ އަހަރު ރިލީޒްކުރި އަދި އެންމެ ފަހުން ކުޅުނު ބޮލީވުޑް ފިލްމު "ދަ ސްކައި އިޒް ޕިންކް" ގެ މަސައްކަތުގަ އެވެ.
އޭނާ ވަނީ މި ފަހުންވެސް ބޮލީވުޑްގެ ފިލްމް އަކަށް ސޮއި ކޮށްފައިއެވެ. އެއީ "ދަ ސްކައި އިޒް ޕިންކް" ގެ ލީޑުން ފެނިގެންދިއަ އެކްޓަރު ފަރްހާން އަހްތަރު ޑައިރެކްޓް ކުރާ ފިލްމް "ޖީލޭ ޒަރާ" އެވެ.
މި ފިލްމް އަކީ ތިން އެކުވެރިއެއްގެ ރޯޑްޓްރިޕް އެއްގެ ވާހަކައެއްގެ މައްޗަށް ހަދާ ފިލްމްއެކެވެ. މި ފިލްމް އިން ފެނިގެންދާނީ ޕްރިޔަންކާ ގެ އިތުރުން އާލިއާ ބަޓް އަދި ކެޓްރީނާ ކައިފްއެވެ.
ކޮމެންޓު ފޮނުވާ