އަހަރެން ނޭދެން މެސީ ބާސެލޯނާ ދޫކޮއްލާކަށް: ގާޑިޔޯލާ

އަހަރެން ނޭދެން މެސީ ބާސެލޯނާ ދޫކޮއްލާކަށް: ގާޑިޔޯލާ

ގުޅުންހުރި

ލިއޮނަލް މެސީގެ ކެރިއަރ ނިންމާލާތަން ފެންނަން ބޭނުންވަނީ ބާސެލޯނާގައި ކަމަށް މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

މިދިޔަ ސީޒަން ނިމުމާއެކު ބާސެލޯނާއިން އެހެން ކުލަބަކަށް ބަދަލުވާން ބޭނުންވާކަން މެސީ ރަސްމީކޮށް ބާސެލޯނާއަށް އަންގައިފައިވާއިރު މި ސީޒަން ނިމުމާއެކު އޭނާ އެހެން ކުލަބަކަށް ބަދަލުވާނެ ކަމަށް ވަނީ ވަރަށް ބޮޑަށް ބެލެވިފަ އެވެ.

މެސީ ބާސެލޯނާ އާއެކު މިހާރު ހަދައިފައިވާ ކޮންޓްރެކްޓްގެ މުއްދަތު މި ސީޒަނުގެ ނިޔަލަށް ހަމަވާއިރު އަންނަ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުގެ ފަހުން އެހެން ކުލަބަކަށް ބަދަލުވުމުގެ އެއްބަސްވުމާއިގެން މެސީ އަށް ކުރިއަށްދިއުމުގެ ފުރުސަތު ލިބޭނެ އެވެ. ކުރިން ބާސެލޯނާގެ ކޯޗެއްގެ ގޮތުގައި ހުރިއިރު މެސީ އަށް އިރުޝާދު ދިން ގާޑިއޯލާ މިހެން ބުނެފައި މިވަނީ ސިޓީއާއި އެކު ހަދާފައިވާ ކޮންޓްރެކްޓް ދެ އަހަރު ދުވަހަށް އިތުރުކުރުމާއެކު މެސީ ބާސެލޯނާއިން ސިޓީއަށް ބަދަލުވުމުގެ ފުރުސަތު ބޮޑުކަމަށް ދެކެވޭ ވާހަކަތަކަށް ރައްދުދެމުންނެވެ.

މިވަގުތު މެސީ އެހުރީ ބާސެލޯނާގައި. ޓްރާންސްފަރ މާކެޓް އޮތީ ޖޫން ޖުލައި ގައި. މިވަގުތު އަހަރެމެން ހާސިލްކުރަން ޖެހޭ ވަރަށް ގިނަ މުހިއްމު އެހެން ކަންކަން އެބަހުރި.

– ގާޑިއޯލާ ވަނީ ބުނެފައެވެ.

ބާސެލޯނާގެ ކެޕްޓަން މެސީ ހޯދަން ސިޓީގެ އިތުރުން ފްރާންސްގެ ޕީއެސްޖީން ވެސް މަސައްކަތްކުރަމުން ދާކަމަށް މީޑިޔާ ރިޕޯޓްތައްބުނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *