އަނެކުންގެ ފުރައްސާރައިން ސަލާމަތްވުމަށް، ﷲއަށް ކުއްތަންވެ، އެކަލާނގެ ހަނދުމަކުރުން އިތުރުކުރޭ: މުފްތީ މެންކު

އަނެކުންގެ ފުރައްސާރައިން ސަލާމަތްވުމަށް، ﷲއަށް ކުއްތަންވެ، އެކަލާނގެ ހަނދުމަކުރުން އިތުރުކުރޭ: މުފްތީ މެންކު

މިއަދުގެ ސޯޝަލް މީޑިއާ ޒަމާނަކީ، އެ ވަސީލަތްތަކުގެ ބޭނުން ކޮށްގެން، ދިމާކުރުމާއި ފުރައްސާރަ ކުރުންވެސް އިތުރުވެފައިވާ ޒަމާނެއް ކަމަށާއި، ފުރައްސާރަތަކާއި ދިމާކުރުންތަކުން ސަލާމަތްވުމަށް ﷲއަށް ކުއްތަންވެ، އެކަލާނގެއަށް އަޅުކަންކޮށް، އެކަނލާގެ ހަދުމަކުރުން އިތުރުކުރުމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކު ގޮވާލައްވައިފިއެވެ.

ރޭ ކާނިވާ ސަރަަހައްދަގައި މެންކުގެ ދަރުސް އޭނާ ޚާއްސަ ކުރައްވާފައިވަނީ "ޑިޕްރެޝަން، އެންޒައިޓީ އެންޑް ސްޓްރެސް" މި މައުޟޫއަށެވެ. ރައީސް ސާލިހުވެސް ބައިވެރިވެވަޑައިގެންނެވި މި އެއްވުމުގައި ދަރުސް ދެއްވަމުން މެންކަވަނީ ސޯޝަލް މީޑިއާގައި މީހުންކުރާ ފުރައްސާރަތަކާއި ކުރިމަތިލާނޭ ގޮތުގެ މިސާލުތައް ދައްކަވާ، އަނެއްކުންގެ ފުރައްސާތަކައި ދިމާކުރުންތަކާއި ކުރިމަތިލެއްވުމަށް ރަސޫލާގެ ހަޔާތްޕުޅުގައި އަމަލްކުރެއްވި ގޮތްތަކުން މިސާލު ދައްކަވާފައެވެ.

މުފްތީ މެންކުގެ ދަރުސްގައި އޭވާ ވިދާޅުވީ ޑިޕްރެޝަންއާއި ހާސްކަމުގައި ދިގުލައިގެން ދާނަމަ އެއީ ސިއްޙީ ފަރުވާވެސް ހޯދާން ޖެހޭނޭ މައްސަލައެއް ކަމުގައެވެ. އެއީ ދެކޮޅުހެދެން ނެތްކަމުގައި ވިދާޅުވަމުން މެންކު ވިދާޅުވީ، ހާސްކަމާއި ޑިޕްރެޝަން ދިގުލައިގެން ދާނަމަ، އެކަމުގެ ހައްލު ހޯދުމަށް، މީހުންނާއި މާޝްވަރާކޮށް، ތެރަޕީތައް ނަގާ، އެ ހާސްކަމުން މިންޖުވުމަށް އޮތް އެންމެ ރަގަޅު ގޮތަކީ ކޮބައިކަން އަމިއްލަ ވިސްނަގަތުމަކީ މުހިންމު ކަމެއް ކަމުގައެވެ.

މުފްތީ މެންކު ވިދާޅުވީ އެހެންނަމަވެސް އޭނާއަށްވެސް، ހޯދިދާނެ ފަރުވާއަށް މަގު ދެއްކިދާނެ ކަމަށާއި، ކޮންމެ ދުވަހަކުވެސް ﷲގެ މަތިން ހަނދުމަކުރުމަކީ އެކަމަށް އޮތް އެންމެ ރަގަޅު ހައްލު ކަމުގައެވެ.

އަޚުންނާއި އުޚުތުން. ކޮންމެ ދުވަހަކުވެސް ﷲގެ މަތިން ހަދުމަކުރޭ. ކޮންމެދުވަހަކުވެސް ﷲއަށް އަޅުކަން ކުރުން ތަކުރާރު ކުރަމުންދޭ. އޭގެ ސަބަބުން ހިތްވަރު ލިބޭނެ. އެހީތެރިކަން އަމިއްލަ ނަފްސަށް ހޯދޭނެ. ގަބޫލުކުރޭ! ތިމާމެންގެ ބާރު ނުފޯރާ އެތައްކަމެއް ހަޔާތުގައި ކޮންމެ ދުވަހަކުވެސް ހިގަމުންދާނެ.

ހަޔާތުގައި ކުރިމަތިވާ ކަންކަމުގެ ހަގީގީ ހައްލަކީ ﷲ ހަދުމަކުރުމުގައި ދެމި ތިބުންކަން ބަޔާން ކޮށްދެއްވަމުން މެންކު ވިދާޅުވެފައި ވެއެވެ.

ކާނިވާ ސަރަހައްދަށް ގިނަބަޔަކު އެއްވި މި ދަރުސްގައި ވާހަކަ ދައްކަވަމުން މުފްތީ މެންކު ވިދާޅުވި ގޮތުގައި، އަމިއްލަ ނަފްސު ނަގަލާ އަމިއްލައަށް މަރުވުމަކީ ހަރާމް ކަމެއްކަމުގައެވެ. އޭގެ ސަބަބެއް ކަމުގައި ވިދާޅުވީ އިންސާނާ އުފަންކުރެއްވީވެސް ﷲ ތަޢާލާ ކަމަށާއި، އޭނާ މަރުގަންނަވާނީ އެކަލާނގެ ކަމުގައި ވުމެވެ.

އެހެންކަމުން ކުރިމަތިވާ ކަންކަމުން އުއްމީދު ކަނޑާނުލާ، ދިރިއުޅުމުގައި ވާސިލްވެވެން އޮތް އެންމެ މަތީ ހަރުފަތާއި ހަމައަށް ވާސިލްވުމަށް އަޒުކަނޑައެޅުމަށް އޭނާ ގޮވާލެއްވިއެވެ.

ބަލި އެނދުގައި އޮތް، އެހެން ގައުމެއްގަ ހުރި އަހަރެންގެ އަޚަކު ގުޅާފަ ބުނި.. އަޚާއޭ އަހަރެން މަރުވަނިއޭ.. އަހަރެން އޭނާއަށް ދިން ޖަވާބު އިގޭތަ؟.. އަހަރެން ދި ޖަވާބަކީ އަޚާއޭ އަހަރެންނަށް ހީވަނީ އަހަރެމެން އެންމެންވެސް މަރުވަނީއޭ.. އެއީ ދޮގެއްތަ؟ އަހަރެމެން އެންމެވެސް މަރުވާނެ. އެހެންނަމަވެސް އަހަރެން އޭނާއަށް ބުނިން އުއްމީދު ކަނޑާ ނުލުމަށް. ބައްޔަށް ފަރުވާއެއް ހޯދުމަށް މަސައްކަތް ކުރުމަށް.

ބަލިތައް ޖެހުމަކީ ﷲގެ މަތިން އުއްމީދު ކަނޑަލަންވީ ސަބަބެއް ނޫންކަން ހާމަކުރައްވަމުން މެންކު ވިދާޅުވިއެވެ.

މުފްތީމެންކު ވިދާޅުވީ ރަސޫލާގެ ހަޔާތްޕުޅުގައި އެކަލޭގެފާނުގެ ހުރިހާ ދަރިންވެސް ވަނީ ދުނިޔެ ދޫކޮށްފައި ކަމުގައެވެ. މެންކު ވިދާޅުވީ ރަސޫލާގެ އަނބިކަބަލުން ޚަދީޖަތުގެފާނާއި ބޮޑު ބޭބޭފުޅުވެސް އަވަހާރަވީ އެއް އަހަރެއްގައި ކަމަށާއި، އެއަހަރަށް ނަންދީފައިވަނީވެސް ހިތާމައިގެ އަހަރުގެ ގޮތުގައި ކަމަށެވެ.

އެހެންނަމަވެސް މިހުރިހާ ހާލަތްތަކަށްވެސް ކެތްތެރިކަން އިސްކުރާއްވާ ރަސޫލާ ﷲއަށް ވަކީލު ކުރެއްވިކަމަށް ވިދާޅުވަމުން މެންކު ވިދާޅުވީ އެއްވެސް ކަމެއްގައި އަމިއްލަ ނަފްސު ނަގާލުމާހަމައަށް ހާލަތު ގެންދިއުމަކީ އެއީ ކޮށްގެންވާނެ ކަމެއް ނޫންކަމުގައެވެ.

ހުރިހާ އިންސާނުންގެ ވެނާއި ކެކުޅުންތައްވެސް އެންމެ ރަގަޅަށް ދެނެވޮޑިގެންވާ ފަރާތަކީ ﷲ ކަމަށާއި، އެހެންކަމުން އެކަލާނގެއަށް ކުއްތަންވުމުން ވޭނާއި ހިތާމައާއި ކެކުޅުންތަކަށް ހައްލު ލިބިގެންދާނެ ކަމުގައިވެސް މުފްތީމެންކު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *