ބަންގްލަދޭޝްގެ ގައުމީ ޓީމު ގަތަރަށް

ބަންގްލަދޭޝްގެ ގައުމީ ޓީމު ގަތަރަށް

Author
އިބްރާހީމް ސާޢިދު
21 ނޮވެމްބަރ 2020 07:58
0

އޭޝިއަން ކަޕްގެ ވޯލްޑްކަޕް ކޮލިފައިންގައި ކުޅެން ޖެހޭ މެޗަށް ބަންގްލަދޭޝްގެ ގައުމީ ޓީމު ގަތަރަށް ހިނގައްޖެއެވެ.

ބަންގްލަދޭޝްގެ ގައުމީ ފުޓްބޯޅަ ޓީމު، ބުރާސްފަތި ދުވަހު ގަތަރަށް ދިޔައީ ކޮވިޑަށް ޕޮޒިޓިވްވެފައިވާ އެ ގައުމުގެ ހެޑް ކޯޗު ޖެމީ ޑޭ ބަންގްލަދޭޝްގައި ބަހައްޓާފައެވެ. އެހެންނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ޓެސްޓްތައް ހެދުމަށް ފަހު ޖެމީ ޑޭއަށް ނެގެޓީވް ރިޒަލްޓެއް ލިބިއްޖެ ނަމަ އޭނާ ގަތަރަށް ގޮސް ޓީމާ ގުޅޭނެއެވެ.

ޑިސެމްބަރު މަހުގެ ކުރީކޮޅު، ވޯލްޑްކަޕް ކޮލިފައިންގައި ގަތަރާ ދެކޮޅަށް ކުޅެން ޖެހޭ މެޗަށް ތައްޔާރުވުމަށް ބަންގްލަދޭޝްއިން ވަނީ އެކުވެރިކަމުގެ ދެ މެޗު، އަވަށްޓެރި ނޭޕާލާ ދެކޮޅަށް ކުޅެފައެވެ. މީގެ ތެރެއިން ފުރަތަމަ މެޗު ދެ ލަނޑު ސުން ލަނޑުން ބަންގްލަދޭޝް ކާމިޔާބުކޮށްފައިވާއިރު، ދެވަނަ މެޗު ނިމުނީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ.

ބަންގަލަދޭޝްގައި މިދެޓީމު ވާދަކުރި މެޗު 2-0 ލަނޑުން ކާމިޔާބުކުރީ ގަތަރެވެ. 2018 ވަނަ އަހަރުގެ އޭޝިއަން ގޭމްސްގެ ގްރޫޕް ސްޓޭޖުގައި ބަންގްލަދޭޝްއިން ވަނީ ގަތަރު ބަލިކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.