އއ.މާޅޮހު ބަނދަރުގެ 66 އިންސައްތަ މަަސއްކަތް ނިމިފައިވާކަމަށް މިމަސައްކަތް ކުރަމުންދާ އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީން މިއަދު ބުނެފައިވަނީ މާޅޮހު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، މުޅި މަޝްރޫޢޫގެ %66 މަސައްކަތް ވަނީ މިހާރު ނިމިފައިކަމަށެވެ. އަދި، އެއްގަމު ތޮށީގެ ބްލޮކް ޖެހުމުގެ މަސައްކަތުގެ %41 ވަނީ ފުރިހަމަ ކުރެވިފައިވާކަމަށެވެ.
Aa. Maalhos Harbor Development Project is currently under way with overall 66% project completion. Quay Wall block installation is currently ongoing at the site with 41% completion.#MTCCProjects #RayyithungeKunfuni pic.twitter.com/ifR4MVqC95
— MTCC Plc (@MTCCPlc) October 23, 2022
މާޅޮހުގެ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްފައިވަނީ 10 ނޮވެމްބަރު 2020 ގައެވެ. އަދި މަޝްރޫޢުގެ ޢަމަލީ މަސައްކަތް އެކުންފުނިން ފަށާފައިވަނީ މިދިޔަ އަހަރުގެ އޭޕްރިލްމަހުގެ 5 ދުވަހުއެވެ.
މާޅޮހު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، 24،335 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 394 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 407 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ކުރާނެއެވެ. އަދި 100 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 56 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމާއި، 1970 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ.
މި މަޝްރޫޢަށް ގާތްގަނޑަކަށް 56.9 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް އެމް.ޓީ.ސީ.ސީން ވިދާޅުވެއެވެ.