ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކަރަންޓު ބިލު ނުދައްކައިގެން ކަރަންޓުގެ ޚިދުމަތް މެދުކަނޑާލައިފިއެވެ.
ސްތެލްކޯއިން ބުނީ އެފްއޭއިމް އިން އެމިކުންފުންޏަށް ދައްކަންޖެހޭ 6.5 މިލިއަން ރުފިޔާ ދެެއްކުމަށް އެކި ފަހަރުމަތިން އަންގާ، އެ ފައިސާދެއްކޭނެ ގޮތުގެ ޕްލޭނެއް ހުށަހެޅުމަށް ގިނަ ފުރުސަތުތަކެއްދެވި، އެކަންވެސްކޮށްފައި ނުވާތީ، އެފްއޭއެމް ހައުސްއިން ވަނީ ކަރަންޓުގެ ޚިދުމަތް މެދުކަނޑާލާފައކަމަށެވެ. އަދި މި ފައިސާ ނުދައްކާނަމަ، އެފްއޭއެމްގެ އެހެން އިމާރާތްތަކުންވެސް ކަރަންޓުގެ ހިދުމަތް މެދުކަނޑާލުމަށް މިދަނީ ވިސްނަމުންކަމަށް ސްތެލްކޯއިން ބުންޏެވެ.
ރާއްޖޭގައި ހިންގާ ބައެއް ބޮޑެތި ކުންފުނިތަކުން ކަރަންޓު ބިލު ނުދައްކާތީ ސްތެލްކޯއަށް ދަތިވާކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އެގޮތުން ދާދިފަހުން ވަނީ ދައުލަތުގެ މީޑިއާ ޕީއެސްއެމް އިންވެސް ބޮޑު ޢަދަދެއްގެ ފައިސާ ނުދައްކާކަން ހާމަކޮށްފައެވެ. އެގޮތުން ޕީއެސްއެމް އިން ކަރަންޓު ބިލު ނުދައްކާ 80 މިލިއަނަށްވުރެ މައްޗަށް ބިލުގެ ޢަދަދު އަރާކަަމަށް ސްތެލްކޯއިން ބުނެފައިވެއެވެ.
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކަރަންޓު ކަނޑާލަން ނިންމާފައިވާއިރު، އެތަނުގެ މުވައްޒަފުންނަށް މުސާރަ ދިނުމުގައާއި، ޤައުމީ ޓިމްތަކަށް ފައިސާ ދިނުމުގައި ބޮޑެތި މައްސަލަތަކެއް އުޅޭކަން ވަނީ ހާމަވެފައެވެ.
ކޮމެންޓު ފޮނުވާ