ބޮޑުތަކުރުފާނު މަގުން ސްޓެލްކޯއާ ދިމާއިން ބިމުގެ އަޑީގައި ވަޅުލާފައިވާ ހޮޅި ފަޅައިގެންގޮސް ލިބިފައިވާ ގެއްލުން ދެނެ ގަނެވިފައިވާކަމަށާއި، މައްސަލަ ހައްލު ކުރުމަށް ހުއްޓުމެއްނެތި މަސައްކަތް ކުރަމުންދާކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
މާލޭގެ ބޮޑުތަކުރުފާނު މަގުގައި ތާރުގަނޑުގެ އަޑީގައި އަޅާފައިވާ ފެން ހޮޅިއަކީ ސްޓެލްކޯއަށް ބޭނުންވާ ލޮނު ފެން ނެގުމަށް އަޅާފައިވާ ހޮޅިއެކެވެ. މި ހޮޅި ފަޅައިގެން މަގުމަައްޗަށް ލުނުފެން ލީކުވާ މައްސަލަ ޙައްލުކުރުމުގެ މަސައްކަތް ނުފެށި ލަސްވަނީ ސިޓީކައުންސިލުން ހުއްދަ ނުލިބުމުންކަމަށް ވިދާޅުވެ، ސްޓެލްކޯއިން ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެން ސިޓީ ކައުންސިލުން ވަނީ ހުއްދަދީފައެވެ.
މިިދިޔަ ބުދަ ދުވަހު މިކަން ހިނގިއިރު، ސްޓެލްކޯއިން ދަނީ މިކަން ހައްލު ކުރުމަށް ކެނޑި ނޭޅި މަސައްކަތް ކުރަމުންނެވެ. މިމަސައްކަތުގެ އެންމެފަހުގެ މައުލޫމާތު ހިއްސާ ކުރަމުން ސްޓޭލްކޯއިން ބުނެފައިވަނީ މިހާތަނަށް ބޮޑުތަކުރުފާނު މަގަށް ލީކުވާ ފެން ހިއްކޭނެ ނިޒާމެއް ގާއިމު ކުރެވިފައިވާ ކަމަށެވެ. އަދި ބޮޑުތަކުރުފާނު މަގުގެ ޓްރެފިކް ފްލޯ ދެމެހެއްޓުމަށް ޑީވޯޓާ ޕައިޕްތަކުގެ މަތީގައި ރޭމްޕެެއް ގާއިމުކުރެވިފައިވާ ކަމަށްވެސް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
މިކުންފުނީގެ މާލޭ ޕަވަރ ހައުސްގެ އައުޓްފޯލް ހޮޅިއަށް ލިބިފައިވާ ގެއްލުން ދެނެގަނެވި، މަރާމާތުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުން.
މިހާތަނަށް:
– ބޮޑުތަކުރުފާނު މަގަށް ލީކުވާ ފެން ހިއްކޭނެ ނިޒާމެއް ވަނީ ގާއިމު ކުރެވިފައި. pic.twitter.com/sGSEoB0W9k— STELCO (@STELCOMALDIVES) October 21, 2022
މިމަސައްކަތް ހިނގަމުންދާގޮތުން އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ވަނީ ބައްލަވާލައްވާފައެވެ. އަދި މިކަން ހައްލު ކުރުމަށްޓަކައި ކުންފުނީގެ މުވައްޒިފުން ކުރަމުންދާ މަސައްކަތަށް ޝަރީފް ވަނީ ހިތްވަރު ދެއްވާފައެވެ.
މާލޭ ޕަވަރ ހައުސްގެ އައުޓްފޯލް ހޮޅިއަކަށް ގެއްލުންލިބި ބޮޑުތަކުރުފާނު މަގަށް ފެން ލީކްވާ މައްސަލަ ހައްލު ކުރުމަށް ކުރަމުންދާ މަސައްކަތް މެނޭޖިންގ ޑިރެކްޓަރ @ShareefRangondi ވަނީ ބައްލަވާލައްވާފައި. ރައްޔިތުންގެ ކަންބޮޑުވުމެއް މިކަމުގައި އޮތުމާއެކު މި މައްސަލަ ހައްލުކުރުމަށް pic.twitter.com/OA8HBGgzgd
— STELCO (@STELCOMALDIVES) October 21, 2022
ސްޓެލްކޯއިން ވަނީ މި މައްސަލަ ވީއެންމެ އަވަހަކަށް ހައްލު ނުކުރެވިއްޖެ ނަމަ، މަގު ބޭނުންކުރާ ފަރާތްތަކަށް އެކަމުގެ ދަތި އުނދަގޫތައް ކުރިމަތިވުމުގެ އިތުރުން، މާލެއަށް ކަރަންޓު ދިނުމަށް ބޭނުން ކުރަމުންދާ ބޮޑު ޖަނަރޭޓަރުތަކެއް ނިއްވާލަންޖެހިދާނެކަމަށްވެސް މީގެ ކުރިން ވިދާޅުވެފައެވެ.
One Response
ހާދަހާވާާ ސުލޯބަޔެކޭޭ ތިހާގިނަަ މުވައްޒަފުންލައިގެންް ތިހާސުލޯވީމާާ ކަޑައޭޭ މިހާރުތިއުޅެނީީ ހުސްއަގަތަޅައިގެންް މަގާމުތައްް ދިފާއުކުރަންް ތީތިވެސްް ކަޑައޭޭ ތަންކޮޅެެއްް ސްމާޓްކޮއްް އެފިޝަންޓްކޮއްް މަސައްކަތްކޮއްްބަލަަ