ފަސް އަހަރުގެ މެދުކެޑުމަކަށް ފަހު ޝާހުރުކް ހާން އަންނަނީ އެންބުރި ފިލްމީ މަސައްކަތް ކުރަމުންނެވެ. ޝާހު އެންމެ ފަހުން ފެނިގެން ގޮސްފައިވަނި 2018 ވަނަ އަހަރުގެ ފްލޮޕް ފިލްމް ޒީރޯއިންނެވެ.
އެފަހުން ގިނަދުވަސްތަކަކު ފިލްމީ ދާއިރާ އާއި ދުރުގައި ހުރުމަށްފަހު ޝާހުވަނީ ފިލްމ ތަކެއް އިއުލާން ކޮށްފައިއެވެ. އެގޮތުން ސިނަމާތަކަށް އަންނަ އަހަރުގައި ޝާހުގެ ފިލްމް އަންނަން ފަށާނެއެވެ.
އެއްވެސް މައްސަލައެއް ނުޖެހި ތާރީހް ތަކަށް ފިލްމް ރިލީޒް ކުރެވިއްޖެ ނަމަ އެންމެ ފުރަތަމަ ފެނިގެންދާނީ ޝާހުގެ "ޕަތާން"އެވެ. މި ފިލްމް އަކީ ޝާޙުގެ އެނބުރި އައުން ފާހަގަ ކުރާ ފިލްމްއެވެ. ފިލްމްގައި ބޮޑު ކާސްޓެއްވެސް ހިމެނެއެވެ. އަންނަ އަހަރުގެ ޖެނުއަރީ 25 ގައި ރިލީޒްކުރާ އެ ފިލްމުގައި ޝާހުއާ އެކު ދީޕިކާ ޕަޑުކޯނާއި ޖޯން އަބްރަހަމް ވެސް ފެންނާނެ އެވެ.
އޭގެ އިތުރުންވެސް ޝާހު އަންނަނީ ދެ ފިލްމްއެއްގެ މަސައްކަތް ކުރަމުންނެއެވެ. އެއީ "ޑުންކީ އާއި "ޖަވާންއެވެ. "ޑުންކީ" އަކީ ހިޖުރުކުރުމާ ގުޅޭ ގޮތުން ހަދާ ސޯޝަލް ކޮމެޑީއެކެވެ. މީގެ މަންޒަރުތަކެއް ކުރިން އިންޑިއާ އާއި އިނގިރޭސިވިލާތާއި ހަންގޭރީގައި ވެސް ނަގާފައިވެ އެވެ.
މީގެ ކުރިއަށް އޮތް ޝޫޓިންގ ޝެޑިއުލް ކުރިއަށް ގެންދިއުމަށް ނިންމައިފައިވަނީ ސައުދި އެރެބިޔާގައިއެވެ. އަދި ފިލްމްގެ ޓީމުން އަންނަ މަހުގެ މެދުތެރޭގައި ސައުދީ އަށް ފުރާނެއެވެ. އަދި 12 ވަރަކަށް ދުވަސް ޝޫޓިންގް އަށް ހޭދަވާނެ ކަަމަށް ވެއެވެ.
އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު ރިލީޒްކުރަން ހަމަޖެހިފައިވާ ފިލްމުގެ ކާސްޓްގައި ތާޕްސީ ޕައްނޫ، ވިކީ ކޯޝަލް، ބޮމަން އިރާނީ އަދި ސަތިޝް ޝާހް ވެސް ހިމެނެ އެވެ.
ކާމިޔާބު އެތަށް ފިލްމް ތަކެއް ގެެނެސްދީފައިވާ ޑައިރެކްޓަރު ރާޖްކުމާރު ހިރާނީއާ އާއި އެކުގައި ޝާހު ކުޅޭ މީ ފުރަތަމަ ފިލްމްއެވެ. ކާމިޔާބު ފިލްމުތައް ގެނެސްދިން ޑައިރެކްޓަރުގެ އެންމެ ފަހުގެ ފިލްމަކީ ރަންބީރް ކަޕޫރްގެ 2018 ގެ "ސަންޖޫ" އެވެ.
އަންނަ އަހަރުގައި ޝާހުގެ 3 ފިލްމް އެއް ރިލީޒް ކުރުމަށް އޮތީ ތާވަލް ކޮށްފައިއެވެ. ޝެޑިއުލާ އެއްގޮތަށް ގޮއްސި ނަމަ ޝާހުގެ ތިންވަނަ ފިލްމްއެއްގެ ގޮތުގައި ފެނިގެންދާނީ ޖަވާންއެވެ. އެ ފިލްމް އެޅުވުމަށް ތާވަލް ކޮށްފައިވަނީ އަންނަ އަހަރުގެ ޖޫން 2 އަކަށެވެ.
މި ފިލްމްއަކި ސައުތުގެ މަޝްހޫރު ބަތަލާ ނަޔަންތަރާ އާއި އެކުގައި ޝާހު ފެނިގެންދާ އަލަތު ފިލްއެވެ. ފިލްމް ގެ ކާސްޓުގައި ސައުތުގެ ސްޕަ ސްޓާރު ވިޖޭ ވެސް ފެނިގެންދެއެވެ.
ސައުތުގެ ގިނަ ތަރިންތަކެއް ފެނިގެންދާ މި ފިލްމް ގެ ޑައިރެކްތަރަކީވެސް ސައުތުގެ ޑައިރެކްޓަރެއް ކަމުގައިވާ އެޓްލީ ކުމާރުއެވެ. މީގެ އިތުރުން "ޖަވާން" ގެ ކާސްޓްގައި ސާނިއާ މަލްއުތުރާ އާއި ސުނިލް ގްރޯވާ ވެސް ހިމެނެ އެވެ.