އިންޑިޔަން ސުޕާ ލީގު މިރޭ ފަށަނީ

އިންޑިޔަން ސުޕާ ލީގު މިރޭ ފަށަނީ

ގުޅުންހުރި
އޭޓީކޭ މޯހަން ބަގާންއާއި ކެރެލާ ބްލާސްޓާގެ މެޗުން، އިންޑިއަން ސުޕާ ލީގު މިރޭ ފުށުމައް ހަމަޖެހިއްޖެއެވެ.
މުބާރާތް ހުޅުވާ މެޗުގައި މިރޭ ވާދަކުރާނީ އިންޑިއަން ސުޕާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން އެތްލެޓިކޯ ޑި ކޮލްކަތާ- އޭޓީކޭއާ އައި ލީގުގެ ޗެމްޕިއަން މޯހަން ބަގާން އެއްކޮށްލައިގެން އުފައްދާފައިވާ އޭޓީކޭ މޯހަން ބަގާންއާއި ކެރެލާ ބްލާސްޓާ އެވެ. މީގެ ތެރެއިން އޭޓީކޭ މޯހަން ބަގާންއަކީ އަންނަ އަހަރުގެ އޭއެފްސީ ކަޕުގައި ރާއްޖޭގެ މާޒިޔާއާ އެއް ގްރޫޕެއްގައި ހިމެނޭ ޓީމެކެވެ.
ޗެމްޕިއަން ޓީމަށް އޭއެފްސީ ޗެމްޕިއަންސް ލީގުން ފުރުސަތު ލިބޭ އިންޑިއަން ސުޕާ ލީގުގެ ކުޅުން ކޮވިޑުގެ ނުރައްކަލާހުރެ މިއަހަރު އޮންނާނީ ގޯއާގައެވެ. ކުރިން ހޯމް އެންޑް އަވޭ އުސޫލުން ލީގުގެ މެޗުތައް ކުރިއަށް ގެންދިޔަ ނަމަވެސް މި ފަހަރު މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅެވޭނީ އިންޑިޔާގެ ގޯއާގެ ތިން ސްޓޭޑިއަމެއްގައެވެ.
އިންޑިއާގެ އެގާރަ ސްޓޭޓަކުން އެގާރަ ޓީމު ވާދަކުރާ މި ލީގުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ދެ ފަހަރު ކުޅުމަށް ފަހު އެންމެ މޮޅުވާ ހަތަރު ޓީމެއް ޕްލޭ އޮފް ސެމީ މެޗުތަކެއް ކުޅޭނެއެވެ. ލީގުގެ ހުރިހާ މެޗެއްވެސް ކުޅެވޭނީ ސޯޕަޓަރުން ނުވައްދައެވެ.
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ